އައިފޯން 16 މިރޭ ލޯންޗުކުރަނީ

އަައިޝަތު ޒީނާ | 404 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 15:10
އައިފޯން 16 ލޯންޗުކުރުމުގެ އިވެންޓް ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00 ގައި.
އައިފޯން 16 ލޯންޗުކުރުމުގެ އިވެންޓް ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00 ގައި.
ޚުލާސާ

އައިފޯން 16 ގެ ލައިންއަޕާއެކު، އާ އެއާޕޮޑްސް 4 މޮޑެލްތަކާއި ތަފާތު ތިން ވެއާބަލް: އެޕަލް ވޮޗ10ް، އެސްއީ 3 އަދި އަލްޓްރާ 3 ދައްކާލުމަށް މިރޭ ވަނީ ހަމަޖެހިފައި. އަދި އައިފޯން 16، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ދައްކާލާއިރު، އެ ފޯނުތަކުގެ އެންމެ ހިތްގައިމު އާ ފީޗާތަކާއި އަޕްގްރޭޑްތަކާއި ގުޅޭ މަޢުލޫމާތުތައް މިރޭގެ އިވެންޓުގައު ޙިއްސާކުރާނެ.

އައިފޯން 16 މިރޭ ލޯންޗުކުރާ ގޮތަށް ތައްޔާރުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހު މި އިވެންޓް ބާއްވާއިރު، މިރޭ ހަމަޖެހިފައިވަނީ އައިޕޯން 16 ލޯންޗުކުރުމަށެވެ. މި އިވެންޓް ފަށާނީ ރާއްޖެ ގަޑިން 10:00 ގައެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ އައިފޯނަށް އަދި އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ބަޔަކަށް ވާއިރު، މިއީ ދިވެހިންނަށް ވަރަށް ޚާއްސަވެގެންދާ ދުވަސްވަރެކެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ އަހަރަކުވެސް އާ އައިފޯނާއި، އެޕަލް އިން ނެރޭ އާ އުފެއްދުންތައް ގަންނަ މީހުންކަން ފާހަގަކޮށްލެވެއެވެ.

މިރޭ އައިފޯން 16 ގެ ލައިންއަޕާއެކު، އާ އެއާޕޮޑްސް 4 މޮޑެލްތަކާއި ތަފާތު ތިން ވެއާބަލް: އެޕަލް ވޮޗ10ް، އެސްއީ 3 އަދި އަލްޓްރާ 3 ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައިފޯން 16، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ދައްކާލާއިރު، އެ ފޯނުތަކުގެ އެންމެ ހިތްގައިމު އާ ފީޗާތަކާއި އަޕްގްރޭޑްތަކާއި ގުޅޭ މަޢުލޫމާތުތައް ޙިއްސާކުރާނެއެވެ.

މީގެ އިތުރުން އައިއޯއެސް 18 ނެރޭނެ ތާރީޚެއްވެސް މިރޭގެ އިވެންޓުގައި އެޕަލް އިން ޢިއުލާނުކުރާނެ ކަމަށް ބެލެވެއެވެ.

ބްލޫމްބާގްގެ ރިޕޯޓަރު މާކް ގުރްމަން ބުނެފައިވާގޮތުގައި އައިފޯން 16 ޕްރޯގެ މޮޑެލްތަކަށް މިފަހަރު އަންނާނެ އާ ކުލައަކީ ބްލޫ ޓައިޓޭނިއަމްގެ ބަދަލުގައި ގޯލްޑް ޓައިޓޭނިއަމެވެ. އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަށް އަންނާނެ ކުލަތަކަަށް ބަލާއިރު، ހުދު (ރީނދޫ ކުލައިގެ ބަދަލުގައި) އަދި ފެހި، ފިޔާތޮށި އަދި ނޫ ކުލައިގެ އާ ޝޭޑްތައް ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%