Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެސްޓްރޮނޯޓުންނާއި ނުލައި މައްސަލަ ޖެހުނު ސްޓާލައިނާ ދުނިޔެއަށް އައިސްފި

އެސްޓްރޮނޯޓުންނާއި ނުލައި މައްސަލަ ޖެހުނު ސްޓާލައިނާ ދުނިޔެއަށް އައިސްފި

ހުސައިން އިސްމާއިލް
675 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 00:19
ބޮއިންގްގެ ކްރޫ ފްލައިޓް ޓެސްޓް ސްޓާލައިނަރ ޖައްވީ އުޅަނދު ސެޕްޓެމްބަރު 7، 2024 ގައި ނިއު މެކްސިކޯގެ ވައިޓް ސޭންޑްސް ސްޕޭސް ހާބަރުގައި  (ފޮޓޯ: ބޮއިންގް)
ބޮއިންގްގެ ކްރޫ ފްލައިޓް ޓެސްޓް ސްޓާލައިނަރ ޖައްވީ އުޅަނދު ސެޕްޓެމްބަރު 7، 2024 ގައި ނިއު މެކްސިކޯގެ ވައިޓް ސޭންޑްސް ސްޕޭސް ހާބަރުގައި (ފޮޓޯ: ބޮއިންގް)
ޚުލާސާ

ޖޫން މަހު 8 ދުވަހުގެ ޖައްވީ މިޝަންއަށް ދިޔަ ބޮއިންގްގެ ސްޓާލައިނާ ހީލިއަމް ލީކުވުމާއި ތްރަސްޓާގެ މައްސަލަތައް ދިމާވުމުން އެސްޓްރޮނޯޓުން ޖައްވުގައި ބޭތިއްބުމަށްފަހު ކާމިޔާބުކަމާއެކު ދުނިޔެއަށް ޖައްސާލައިފި. ކުރިއަށް އޮތް މިޝަންތަކަށް ސްޓާލައިނާ އަޕްގްރޭޑް ކުރުމަށް ނާސާއިން މަސައްކަތްކުރާއިރު، މިޝަންއަށް ދިޔަ މީހުންނަށް އެނބުރި އާދެވޭނީ ސްޕޭސްއެކްސްގެ ކްރޫ ޑްރެގަން މެދުވެރިކޮށް އަންނަ އަހަރު

ސްޓާލައިނަރ އައިއެސްއެސް އިން ފަޅުވެރިންނާއި ނުލައި ދުނިޔެއަށް ގެނައީ ކޮންޓްރޯލްޑް ލޭންޑިންގ އަކުން. (ވީޑިއޯ ސްކްރީންޝޮޓް)

މައްސަލަ ޖެހުނު ބޮއިންގްގެ ސްޓާލައިނާ އެސްޓްރޮނޯޓުންނާއި ނުލައި ނިއު މެކްސިކޯގެ ވައިޓް ސޭންޑްސް ސްޕޭސް ހާބަރަށް ކާމިޔާބުކަމާއެކު ޖައްސާލައިފި އެވެ. 

Advertisement

Advertisement 1

މިއަހަރުގެ ޖޫން 5ވަނަ ދުވަހު ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބުޗް ވިލްމޯއާ އެކު ފޮނުވާލި މި ޖައްވީ އުޅަނދު ދިޔައީ 8 ދުވަހުގެ ތަހުލީލަކަށެވެ. ނަމަވެސް އައިއެސްއެސްގައި ބަނދަރު ކުރިތާ މާގިނައިރުތަކެއް ނުވެ ހީލިއަމް ލީކުވުމާއި ތްރަސްޓާގެ މައްސަލަތައް ހިމެނޭ ގޮތަށް ސަލާމަތީ މައްސަލަތަކެއް އުޅަނދަށް ދިމާވެ ، ބޮޑެތި ކަންބޮޑުވުންތަކާއި ކުރިމަތިލާން ޖެހުނެވެ. 

އެގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު އެންމެ ފަހުން ނާސާއިން ނިންމީ އެސްޓްރޮނޯޓުންނާއި ނުލައި އުޅަނދު ދުނިޔެއަށް ގެންނާށެވެ. އެސްޓްރޮނޯޓުން ބަލާ ސްޕޭސް އެކްސް ކްރޫ ޑްރެގަން ފޮނުވާށެވެ.

އެމީހުންނަށް އެންމެ އަވަހަށް ވެސް އާދެވޭނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވީ ، ސްޕޭސްއެކްސްގެ ކްރޫ ޑްރެގަންގައި އެ ދެމީހުން ދުނިޔެއަށް ގެނެސް، މި ޓެސްޓުން ލިބޭ ޑޭޓާ ނާސާ އާއި ބޮއިންގުން ބޭނުންކުރާނެ ކަމަށެވެ. އެއަށްފަހު މައްސަލަތައް ހައްލުކޮށް ކުރިއަށް އޮތްތަނުގައި ފަޅުވެރިންގެ މިޝަންތަކަށް ސްޓާލައިނާ ތަރައްގީ ކުރާނެ ކަމަށެވެ.

ބޮއިންގް އާއި ނާސާ އަކީ ސީއެސްޓީ-100 ސްޓާލައިނަރ ޖައްވީ އުޅަނދު އުފެއްދުމުގެ ބައިވެރިންނެވެ. ސްޓާލައިނަރަކީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް އެސްޓްރޮނޯޓުން ގެންދިއުމާއި އައުމަށް ނާސާގެ ކޮމާޝަލް ކްރޫ ޕްރޮގްރާމްގެ ބައެކެވެ. މި ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނާސާއިން ހޮވާފައިވާ ސްޕޭސްއެކްސްއާ އެކު ބޮއިންގް އަކީ އަމިއްލަ މައިގަނޑު ދެ ކުންފުންޏެވެ. މި ޕާޓްނަޝިޕްގައި ބޮއިންގް އިން ސްޓާލައިނަރ ޖައްވީ އުޅަނދު ޑިޒައިންކޮށް، ބިނާކޮށް، އޮޕަރޭޓް ކުރަނީ ނާސާގެ ބެލުމުގެ ދަށުންނާއި ކޮންޓްރެކްޓް އެއްބަސްވުންތަކުގެ ދަށުންނެވެ.

ނާސާސްޓާލައިނާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއިން ބަރުގަހުގެ އޮށް ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލައިފި!

ބަރުގަހުގެ އޮށް ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލައިފި!

348 ދުވަސް ކުރިން - 13:18

ހަޤީޤީ ޙާދިސާ: 8 ދުވަހުގެ ދަތުރު 286 ދުވަހަށް ބަދަލުވި ގޮތް

ހަޤީޤީ ޙާދިސާ: އަށްދުވަހުގެ ދަތުރު 286 ދުވަހަށް

480 ދުވަސް ކުރިން - 15:25

ނާސާގެ އުޅަނދެއް އިރާ އެންމެ ކައިރިއަށް ދަތުރުކޮށް ކާމިޔާބުކޮށްފި

ނާސާގެ އުޅަނދެއް އިރާ އެންމެ ކައިރިއަށް ދަތުރުކޮށްފި

563 ދުވަސް ކުރިން - 21:51

ދުނިޔެއާއި ކައިރިން 1300 ފޫޓުގެ ބޮޑު ގިނިހިލައެއް ދަތުރުކުރަނީ: ނާސާ

ބޮޑު ގިނިހިލައެއް ދުނިޔެއާއި ކައިރިން ދަތުރުކުރަނީ

589 ދުވަސް ކުރިން - 12:49

އެސްޓްރޮނޯޓުން ޖައްވުގައި ތާށިވެ ނާސާގެ މިޝަން އެއް ފެއިލްވެއްޖެ! ވާނީ ކިހިނެއް؟

އެސްޓްރޮނޯޓުން ޖައްވުގައި ތާށިވެ ނާސާގެ މިޝަން އެއް ފެއިލްވެއްޖެ! ވާނީ ކިހިނެއް؟

706 ދުވަސް ކުރިން - 20:20