8 ދުވަހުގެ ތަހުލީލަކަށް ދިޔަ ނާސާގެ އެސްޓްރޮނޯޓުން ޖައްވުގައި ތާށިވެ، ބޮއިންގްގެ ސްޓާލައިނާގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އިން މި އެސްޓްރޮނޯޓުން އަނބުރާ ބިމަށް ގެނައުމާ މެދު ގޮތެއް ނިންމަންޖެހިއްޖެއެވެ.

މިހާރު އައިއެސްއެސްގައި ބަނދަރުކޮށްފައިވާ ސްޓާލައިނަރުގެ 28 ތްރަސްޓަރުގެ ތެރެއިން 5 ތްރަސްޓަރ ވަނީ ފެއިލް ވެފައިކަމަށް އެމެރިކާއިން ބުނެއެވެ. ނާސާ އާއި ބޮއިންގް އަށް މިހާދިސާ ދިމާވި އަސްލު ސަބަބު އަދި ނޭނގެއެވެ. ބޮއިންގުން ބުނަނީ މިހާރު އޮތްގޮތުން އެސްޓްރޮނޯޓުން ގެނެވެނީ އޮތީ 2025ގެ ފެބުރުއަރީގައެވެ.
ނާސާއަށް އޮތް އެއް ގޮތަކީ 1.5 ބިލިއަން ޑޮލަރު އިންވެސްޓުކުރި ސްޓާލައިނާ ދޫކޮށްލުމެވެ. މި ނިންމުމަކީ ޖައްވީ މިޝަންތަކުގައި އެކުންފުނިން ކުރިއަށް އޮތްތަނުގައި ބައިވެރިވުމަށް ވަރަށް މުހިންމު ނިންމުމެކެވެ.

ދެން އޮތް ގޮތަކީ އެސްޓްރޮނޯޓުން ބިމަށް ގެނައުމަށް ނާސާއިން ސްޕޭސްއެކްސްގެ ކްރޫ ޑްރެގަން އިހުތިޔާރު ކުރުމެވެ.
މި ނިންމުމުގެ ނަތީޖާގެ ސަބަބުން ޖައްވީ ދިރާސާތަކުގައި ބޮއިންގްގެ ދައުރާއި ނާސާގެ ކުރިއަށް އޮތް ޕާޓްނަޝިޕްތަކަށް އަސަރުތަކެއް ކޮށްފާނެ އެވެ.
ބޮއިންގް އާއި ނާސާ އަކީ ސީއެސްޓީ-100 ސްޓާލައިނަރ ޖައްވީ އުޅަނދު އުފެއްދުމުގެ ބައިވެރިންނެވެ. ސްޓާލައިނަރަކީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް އެސްޓްރޮނޯޓުން ގެންދިއުމާއި އައުމަށް ނާސާގެ ކޮމާޝަލް ކްރޫ ޕްރޮގްރާމްގެ ބައެކެވެ. މި ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނާސާއިން ހޮވާފައިވާ ސްޕޭސްއެކްސްއާ އެކު ބޮއިންގް އަކީ އަމިއްލަ މައިގަނޑު ދެ ކުންފުންޏެވެ. މި ޕާޓްނަޝިޕްގައި ބޮއިންގް އިން ސްޓާލައިނަރ ޖައްވީ އުޅަނދު ޑިޒައިންކޮށް، ބިނާކޮށް، އޮޕަރޭޓް ކުރަނީ ނާސާގެ ބެލުމުގެ ދަށުންނާއި ކޮންޓްރެކްޓް އެއްބަސްވުންތަކުގެ ދަށުންނެވެ.








