Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެރިއަރުގެ 900 ވަނަ ގޯލާއެކު ރޮނާލްޑޯއަށް އާ ރެކޯޑެއް!

ކެރިއަރުގެ 900 ވަނަ ގޯލާއެކު ރޮނާލްޑޯއަށް އާ ރެކޯޑެއް!

އައިޝަތު އީމާން
688 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 01:49
ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 900 ވަނަ ގޯލާއެކު އުފާފާޅުކުރަނީ
ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 900 ވަނަ ގޯލާއެކު އުފާފާޅުކުރަނީ
ޚުލާސާ

ކެރިއަރުގައި ރޮނާލްޑޯ 900 ގޯލު ހަމަކޮށްފައިވާއިރު އެންމެ ކައިރިން 842 ގޯލާއެކު ވާދަކުރަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ. އަދި ތިން ވަނައިގައި ބްރެޒިލްގެ ތަރި ޕެލޭ އޮތީ 765 ގޯލާއެކު

ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ ކޮޅަށް ޖެހި ގޯލާއެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 900 ވަނަ ގޯލު ހަމަކޮށްފިއެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދައިފައިވާ ރޮނާލްޑޯއާ އެންމެ ކައިރިން ވާދަކުރަނީ އޭނާއާ އެންމެ ވާދަވެރި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. މިހާތަނަށް މެސީ 842 ގޯލު ކާމިޔާބުކޮށްފައިވާއިރު ތިން ވަނައިގައި ބްރެޒިލްގެ ލެޖެންޑު ޕެލޭ އޮތީ 765 ގޯލާއެކު އެވެ.

ކެރިއަރުގައި 800 ވަނަ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިއާގެ ރެކޯޑުވެސް އޮތީ ރޮނާލްޑޯ އަތުގައެވެ. އޭނާ އެ ރެކޯޑު ހަދާފައިވަނީ 2021 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުގައި، އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ.

Advertisement

Advertisement 1

ކެރިއަރުގެ 800 ވަނަ ގޯލު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

209 މެޗު ކުޅެ 131 ގޯލު ކާމިޔާބުކޮށް ބައިނަލްއަޤުވާމީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ރޮނާލްޑޯ ވެފައިވާއިރު ލިސްޓުގެ ދެވަނައިގައި 109 ގޯލާއެކު އޮތީ ލިއޮނަލް މެސީއެވެ. އަދި ތިން ވަނައިގައި އީރާނުގެ ލެޖެންޑު އަލީ ދާއީ އޮތީ 108 ގޯލާއެކުއެވެ.

ސައުދީ ލީގުގައި ކުޅެމުން އަންނަ އަލް-ނަސްރުގެ ފޯވާޑު މިހާތަނަށް ކުލަބު ކެރިއަރުގައި 769 ގޯލު ކާމިޔާބުކޮށްފައިވާއިރު އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަން އަށެވެ. 2003 ވަނަ އަހަރު މެންޗެސްޓަރ އުނައިޓެޑަށް ކުޅުމަށްފަހު، ރެކޯޑް އަގެއްގައި 2009 ވަނަ އަހަރު ރިއަލް މެޑްރިޑާ ގުޅިފައިވަނީ 80 މިލިއަން ޔޫރޯއަށެވެ. 2018 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސްއަށް ކުޅުމަށްފަހު އޭނާ ވަނީ 2021 ވަނަ އަހަރު އަލުން އަނބުރާ މެންޗެސްޓަރ އުނައިޓެޑަށް ސޮއިކޮށްފައެވެ. އަދި 2023 ވަނަ އަހަރު ސައުދީގެ އަލް-ނަސްރަށް އޭނާ ކުޅެން ފެށީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ގޮތަށެވެ. އެ ކުލަބުގައި މިހާތަނަށް އޭނާ ވަނީ 66 ގޯލު ކާމިޔާބުކޮށްފައެވެ.

900 ވަނަ ގޯލު ކާމިޔާބުކުރި މި ތާރީހީ ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ މެޗުގެ 34 ވަނަ މިނެޓުގައި ނޫނޭ މެންޑެސް ނަގައިދިން ކްރޮހަކުންނެވެ. މި މެޗު ޕޯޗުގަލް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ޕޯޗުގަލްގެ ފުރަތަމަ ގޯލު 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ޑިފެންޑަރު ޑަލޮޓެވެ. ކްރޮއޭޝިއާގެ ހަމަ އެކަނި ގޯލަކީ މެޗުގެ 41 ވަނަ މިނެޓުގައި ޑަލޮޓު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

23 ދުވަސް ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

23 ދުވަސް ކުރިން - 06:12

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

23 ދުވަސް ކުރިން - 23:26

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

32 ދުވަސް ކުރިން - 00:02

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިއާގެ ރެކޯޑު ރޮނާލްޑޯ ގާއިމްކޮށްފި

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލުޖެހި ހަމައެކަނި ކުޅުންތެރިއަކަށް ރޮނާލްޑޯ!

32 ދުވަސް ކުރިން - 23:05

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން: ވޯލްޑް ކަޕްގެ ތެރެއިން ތާރީހީ މެޗެއް ފެނިދާނެބާ؟

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން މި ވޯލްޑް ކަޕުގައި ފެނިދާނެބާ؟

39 ދުވަސް ކުރިން - 20:35