އެމެރިކާގެ އަސްކަރިއްޔާއިން ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ޤެޝްމް އައިލެންޑް އަށް ހަމަލާ ދީފިއެވެ. މި ހަމަލާ އަމާޒުވެފައި ވަނީ ހަމައެކަނި އެ ރަށަށް ކަމަށާއި، އިރާނުގެ އެހެން އެއްވެސް ބިމަކަށް ހަމަލާދީފައި ނުވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ

އިރާނުގެ ރަސްމީ ނިއުސް އެޖެންސީ އިން ބުނިގޮތުގައި، މި ހަމަލާގައި ޤެޝްމް އައިލެންޑްގެ އެކި ސަރަޙައްދުތަކަށް ބޮން އަޅާފައިވާއިރު، ބާރުގަދަ 4 ގޮވުމެއްގެ އަޑު ވަނީ އިވިފައެވެ. މި ހަމަލާތަކުގެ ސަބަބުން މީހުންނަށް ނުވަތަ ތަންތަނަށް ލިބުނު ގެއްލުމުގެ ރަސްމީ ތަފްސީލެއް އިރާނުގެ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

މި ހަމަލާގެ ބާރުގަދަ އަޑުތައް ކައިރީގައިވާ ބަންދަރު ޢައްބާސް އާއި ސިރީކް އާ ހަމައަށް ވެސް ވަނީ އިވިފައެވެ. ނަމަވެސް އެ ރަށްތަކަށް އިވުނު ބައެއް އަޑުތަކަކީ އިރާނުގެ އަމިއްލަ ދިފާއީ ބާރުތަކުން ދިން ރައްދު ހަމަލާތަކުގެ އަޑުތައް ކަމަށް އެ ގައުމުން ބުނެއެވެ.