Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

ހުސައިން އިސްމާއިލް
6 ގަޑިއިރު ކުރިން - 17 ޖުލައި 2026 19:22
މުބާރާތް ކާމިޔާބުކުރާ ޓީމަށް ދޭން ނިންމާފައިވާ ރަން އަނގޮޓީގެ ސާމްޕަލެއް---
މުބާރާތް ކާމިޔާބުކުރާ ޓީމަށް ދޭން ނިންމާފައިވާ ރަން އަނގޮޓީގެ ސާމްޕަލެއް---
ޚުލާސާ

މުބާރާތުގެ ޗެމްޕިއަނުންނަށް ދޭ ރަން މެޑަލްގެ އިތުރުން މި އަނގޮޓިތައް ވެގެންދާނީ ކާމިޔާބީގެ އާ ރަމްޒަކަށް. 30 އަނގޮޓި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޚާއްޞަކުރެވިފައިވާއިރު، ބާކީ ހުރި 1،996 އަނގޮޓި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ގަތުމުގެ ފުރުސަތު ހުޅުވާލެވޭނެ.

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަށް، ފުޓްބޯޅައިގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންޝިޕް ރިންގް ނުވަތަ މުބާރާތުގެ ހަނދާނީ އަނގޮޓި ދޭން ނިންމައިފިއެވެ. މިއީ އެމެރިކާގެ ކުޅިވަރު ސަގާފަތުގައި އޮންނަ އާދަކާދައެއް ބައިނަލްއަގުވާމީ ފުޓްބޯޅައަށް ތައާރަފުކުރާ ފުރަތަމަ ފަހަރެވެ.

މި އާދަޔާޚިލާފު ނިންމުމާއެކު، މުބާރާތުގެ ޗެމްޕިއަނުންނަށް ދޭ ރަން މެޑަލްގެ އިތުރުން މި އަނގޮޓިތައް ވެގެންދާނީ ކާމިޔާބީގެ އާ ރަމްޒަކަށެވެ. މި މުބާރާތަށް ޚާއްޞަކޮށްގެން ތައްޔާރުކުރަނީ ޖުމްލަ 2،026 އަނގޮޓިއެވެ. މީގެ ތެރެއިން 30 އަނގޮޓި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޚާއްޞަކުރެވިފައިވާއިރު، ބާކީ ހުރި 1،996 އަނގޮޓި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ގަތުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

މި އަނގޮޓިތަކުގެ އެއްފަރާތުގައި ވޯލްޑް ކަޕް ތަށީގެ ކުރެހުން ހިމަނާފައިވާއިރު، އަނެއް ފަރާތް ފަރުމާކުރާނީ މުބާރާތް ކާމިޔާބުކުރާ ޓީމެއްގެ އައިޑެންޓިޓީ ނުވަތަ ސިފަތައް ރަމްޒުކޮށްދޭ ގޮތަށެވެ. ކޮންމެ އަނގޮޓިއަކީވެސް ވަކި ނަންބަރެއް ޖަހާފައިވާ، އަސްލުކަން ކަށަވަރުކޮށްދޭ ސެޓްފިކެޓަކާއެކު ދޫކުރެވޭނެ އެއްޗެކެވެ.

Advertisement

Advertisement 1

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެމެރިކާގެ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ. މި ފައިނަލުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ސްޕެއިންއެވެ.

ފައިނަލް މެޗު ނިމުމާއެކު، މުބާރާތް ކާމިޔާބުކުރާ ޓީމުގެ ކެޕްޓަނަށާއި ހެޑް ކޯޗަށް މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވަގުތީ އަނގޮޓިތަކެއް ހަވާލުކުރެވޭނެއެވެ. އަދި ޗެމްޕިއަން ޓީމަށް ޚާއްޞަ 30 އަނގޮޓި، އެ ކުޅުންތެރިންނަށް ހެޔޮވަރުވާނޭހެން ފަރުމާކޮށް، ވަކި ތާރީޚެއްގައި ރަސްމީކޮށް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ނިންމުމަކީ ފީފާގެ މުބާރާތްތަކަށް އައި އާދަޔާޚިލާފު ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

1 ދުވަސް ކުރިން - 02:25

ވޯލްޑް ކަޕްގައި ވިދާލި 10 ތަރިއަކު މި ހޫނު މޫސުމުގައި ކްލަބު ބަދަލުކުރުމުގެ މަގުމަތީގައި

ވޯލްޑް ކަޕްގައި ވިދާލި 10 ތަރިއަކު ކްލަބު ބަދަލުކުރުމުގެ މަގުމަތީގައި

2 ދުވަސް ކުރިން - 07:21

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2 ދުވަސް ކުރިން - 01:58

24 އަހަރަށް ފަހު އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރަން ޖެހިއްޖެ

24 އަހަރަށް ފަހު އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރަން ޖެހިއްޖެ

5 ދުވަސް ކުރިން - 09:08

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

6 ދުވަސް ކުރިން - 10:42

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

6 ދުވަސް ކުރިން - 05:26