ރާއްޖޭގައި ގަވާއިދާއި ހިލާފަށް ހުއްދަނެތި އާމްދަނީ ހޯދަމުންދާ އަދި ޖިނާއީ ކުށްތަކަށް އެރުމުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން 3000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފިއެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޝައްމާން ވަހީދު ވިދާޅުވީ މިސަރުކާރު އައިފަހުން، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި އިމިގްރޭޝަނާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން މިހާތަނަށް 3،322 ބިދޭސީން ވަނީ ޑީޕޯޓް ކުރެވިފައެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 257 ތަނެއްގައި ތިބި ވިސާގެ މައްސަލަތައް ހުރި ވަރަށް ގިނަ ބިދޭސީންނެއް ދެނެގަނެވިފަިއވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރުގައި ހައްލު ކުރަން ވަޢުދުވެ ނަމަވެސް ހައްލު ނުވެ އިތުރަށް ބޮއްސުންލި ބިދޭސީންގެ މައްސަލާގައި އިމިގްރޭޝަން ކޮންޓުރޯލަރު ވިދާޅުވީ ޒަމާނުއްސުރެ މޫލާފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވަކި މީހެއްގެ މަސްލަހަތަށް ބެލުމެއް ނެތް ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކީގައި ފުރިހަމަޔަށް މި މަސައްކަތް ނިންމުމަކީ އިމިގްރޭޝަންގެ މަސްއޫލިއްޔަތެވެ. އެހެންކަމުން ވިސާ ނެތި ގަވާއިދާއި ހިލާފަށް ކުށްކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ބިދޭސީން ޑީޕޯޓް ކޮށްލާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން އިތުރަށް ވިދާޅުވީ އިމިގްރޭޝަންގެ ޓާގެޓަކީ ބިދޭސީން ޑީޕޯޓް ކުރުން ނޫން ކަމަށާއި، ނަމަވެސް ގައުމީ ވާޖިބު އަދާކުރުމެވެ. އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން "އިމިގްރޭޝަން ވޮޗް"ގެ ލަނޑުދަނޑިތައް ހާސިލް ކުރާނެ ކަމަށެވެ.









