އޮމާންގެ އައްސޭރިފަށުން، ހުރްމުޒް ކަނޑުއޮޅި ކައިރި ސަރަހައްދަކުން ދަތުރުކުރަމުންދިޔަ ކޮމާޝަލް ތެޔޮ ބޯޓަކަށް ހަމަލާދީފިއެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އޮމާންގެ ގަލްހާތު އާ ގާތްގަނޑަކަށް 64 ކިލޯމީޓަރު ބޭރުން ނެވެ.
އިތުބާރު ކުރެވޭ މަސްދަރަކުން ބުނީ މި ހަމަލާ ސީދާ އަރާފައިވަނީ ބޯޓުގެ ކަނާތްފަރާތު އިންޖީނުގެ ހުންނަ ސަރަހައްދަށެވެ.
މި ހަމަލާގައި ބޯޓަށް ބައެއް ގެއްލުންތައް ލިބުނު ނަމަވެސް، ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހަބަރު ލިބެއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވެއެވެ.








