Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުންފަޅުގޭ އަލިފާނުގެ ހާދިސާ: އިންސާނީ އެހީއަށް 95000 ރުފިޔާ ހަރަދުކޮށްފި

ފުންފަޅުގޭ އަލިފާނުގެ ހާދިސާ: އިންސާނީ އެހީއަށް 95000 ރުފިޔާ ހަރަދުކޮށްފި

ހުސައިން އިސްމާއިލް
54 ދުވަސް ކުރިން - 7 ޖުލައި 2026 11:38
ފުންވަޅުގޭގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލްފަ. ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން.
ފުންވަޅުގޭގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލްފަ. ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން.
ޚުލާސާ

އެންޑީއެމްއޭއިން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެޕާޓްމަންޓްތަކުގެ ވެރިންނާއެކު ތަންތަން ބަލައި، ލިބިފައިވާ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކުރާނެ ކަމަށް. އަދި މި އެސެސްމަންޓަށް ފަހު، އަލިފާނުގެ ސަބަބުން ގެއްލުންލިބުނު ގެތަކަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ހަމަޖައްސާނެ ކަމަށް.

ގ. ފުންފަޅުގޭގެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް 95,000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

ފުންފަޅުގޭގައި އަލިފާން ރޯވީ އާދީއްތަ ދުވަހުގެ ރޭ 22:50 ހާއިރު ގައެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުންފަޅުގެ 5 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ މުޅިން ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ބޯ ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކު ސިއްހީ އެހީތެރިކަން ހޯދާފައިވެއެވެ. އެގޮތުން ދުމުގެ އަސަރުލިބުނު 25 މީހަކަށް އައިޖީއެމްއެޗުން އަދި 3 މީހަކަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ.

މި ހާދިސާއާ ގުޅިގެން ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ކުރަމުންނެވެ. އެންޑީއެމްއޭއިން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެޕާޓްމަންޓްތަކުގެ ވެރިންނާއެކު ތަންތަން ބަލައި، ލިބިފައިވާ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކުރާނެ ކަމަށެވެ. އަދި މި އެސެސްމަންޓަށް ފަހު، އަލިފާނުގެ ސަބަބުން ގެއްލުންލިބުނު ގެތަކަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ހަމަޖައްސާނެ ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

Advertisement

Advertisement 1

މި ހާދިސާގައި ޖުމްލަ 109 މީހުންނަށް އަސަރުކޮށްފައިވާއިރު، ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެންޑީއެމްއޭއިން ހާމަކުރެއެވެ. އެގޮތުން އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ހަމަޖައްސައިދީފައެވެ. އަދި އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކުރި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓެއްގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާން ރޯވި އެޕާޓްމަންޓްތައް ފިޔަވައި އެހެން ތަންތަނަށް ދުމާއި ގެދަބުޅީގެ އަސަރުކޮށްފައިވާތީ، އެތަންތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ސިއްހީގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު މީހުންނަށް އަލުން އެޕާޓްމަންޓްތަކަށް ބަދަލުވެވޭނީ ދެދުވަސްވަރު ހޭދަވާނެ ކަމަށް އެއޮތޯރިޓީން ލަފާކުރެއެވެ. ނަމަވެސް އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނަށް އެތަންތަނަށް އަލުން ބަދަލުވެވޭނީ މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކޮށް ނިމުމުންނެވެ.

ގ.ފުންފަޅުއަލިފާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ

6 ދުވަސް ކުރިން - 09:27

ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

13 ދުވަސް ކުރިން - 13:21

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

ރޯވި ޢެޕާޓުމެންޓުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

14 ދުވަސް ކުރިން - 10:23

ހެންވޭރު ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

14 ދުވަސް ކުރިން - 21:41

ހެންވޭރު ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހެންވޭރު ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

14 ދުވަސް ކުރިން - 21:13

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

19 ދުވަސް ކުރިން - 11:58