Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދިން މައްސަލައެއް ބަލަނީ

އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދިން މައްސަލައެއް ބަލަނީ

އައިޝަތު ރުވާ ރިފްޢަތު
64 ދުވަސް ކުރިން - 25 ޖޫން 2026 18:20
އުސްގެކޮޅުގެ އެކި ތަންތަނަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް---
އުސްގެކޮޅުގެ އެކި ތަންތަނަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް---
ޚުލާސާ

މި މައްސަލަ ބެލުމަށްފަހު، ޒިންމާވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ. އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ އިމާދުއްދީން ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީހީ ބިނާއެއް.

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ ކަމަށްވާ "އުސްގެކޮޅު" ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ސަމާލުކަމަށް އައުމާއެކު، ސަގާފީ ތަރިކަ ބަލަހައްޓާ ވުޒާރާއިން މިހާރު ދަނީ ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތް ތަހުގީގުކޮށް، މި އަމަލު ހިންގި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ވުޒާރާއިން ހާމަކުރި ގޮތުގައި، މި މައްސަލަ ބެލުމަށްފަހު، ޒިންމާވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ އިމާދުއްދީން (6 ވަނަ) (1893-1903) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީހީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިއަދު ފެންނާން ހުރި ހަމައެކަނި ބަޔަށް ވާއިރު، މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވާފައިވަނީވެސް މި އިމާރާތުގައެވެ. މި ތަނަކީ އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ އާއި ފަންނުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ތަނެކެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން ވުޒާރާއިން ފާހަގަކުރި ގޮތުގައި، އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވެއެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެތަން ވުޒާރާއާ ހަވާލުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ތާރީހީ މިފަދަ ތަންތަނަށް ދެވޭ ގެއްލުންތަކުގެ ސަބަބުން، ތަނުގެ ސަގާފީ އަގު ގެއްލި، އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބުމުގެ ބިރު އޮތުމާއެކު، ގާނޫނާއި ގަވާއިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދިވެހި ތާރީހުމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

5 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

8 ދުވަސް ކުރިން - 12:10