Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
14 ގަޑިއިރު ކުރިން - 19 ޖޫން 2026 16:24
"ދަ ޕްލަސް" ޕްރޮގްރާމްގައި ރައީސް ޑރ. މުއިއްޒު---
"ދަ ޕްލަސް" ޕްރޮގްރާމްގައި ރައީސް ޑރ. މުއިއްޒު---
ޚުލާސާ

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިފްކޯ ހަރުދަނާކޮށް، މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަށާއި ބޭރުގެ ބާޒާރުތަކުން ރަނގަޅު ފުރުސަތުތައް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި. އަދި ވިދާޅުވީ އެސްއޯއީތަކުގެ އިސްލާހީ ބަދަލުތަކާއެކު މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބި، މާލޭގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްގީކުރައްވާނެކަމަށް.

ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މަސްވެރިކަމުގެ ސިނާޢަތް އަރައިގަތުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނެރުނު "ދަ ޕަލްސް" ޕޮޑްކާސްޓް ސީލީޒްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެޕިސޯޑުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަސްވެރިކަމުގެ ސިނާއަތަށެވެ. ރައީސް ވަނީ މި ސިނާއަތް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މިހާތަނަށް ހާސިލްކުރެވިފައިވާ މުހިންމު ކަންކަމުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

މަސްވެރިކަމުގެ މުޅި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ ރޭސީން އިތުރުކުރުމަށް ކުރެވުނު މަސައްކަތުން މިހާރުވެސް ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށެވެ. އަދި މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ހާލަތު ރަނގަޅުވަމުންދާ މިންވަރަކުން އެ އަގު އިތުރަށް ބޮޑުކުރުމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ބޭރުގެ ބާޒާރުތަކަށް މަސް އެކްސްޕޯޓް ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިނގިރޭސިވިލާތުން މިހާރު ދީފައިވާ ޓެރިފް އިސްތިސްނާ ދާއިމީކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މީގެ އިތުރުން، ކަނޑުމަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިފްކޯއިން އަލުން ކަނޑުމަސް ގަންނަން ފެށުމަކީ މަސްވެރިންނަށް އެންމެ އެކަށީގެންވާ އަގު ހޯދައިދެވޭނެ މަގު ކަމަށާއި، މިކަން ކުރިއަށްދާނީ މަސްވެރިންގެ މަޝްވަރާއާއެކު ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މަސްވެރިކަމުގައި އުޅޭ މީހުންގެ އަދަދު މަދުވަމުންދާ ދިއުމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ބޭނުންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން ނެގުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާޢަތުގައި އުޅުނު ގިނަ ބަޔަކު އެހެން ދާއިރާތަކަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ކުރިއަށްދާ އެސްއޯއީ ރިފޯމްތަކުގެ ސަބަބުން މުޅި އިޤްތިޞާދަށާއި މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާމެދު ހިތްހަމަޖެހުން ފާޅުކުރައްވަމުން ރައީސް ވަނީ، މާލޭގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެއް ތަރައްޤީކުރުމަށް ހުރި ހުރަސްތައް ނައްތާލައި، އެ މަޝްރޫޢު ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިފްކޯރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްމަސްވެރިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

15 ގަޑިއިރު ކުރިން - 15:47

ސަރުކާރުގެ ކުންފުނިތަކުން ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ 45 އިންސައްތަ ހިއްސާ އޮންނަންޖެހޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައިފި

ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ %45 ހިއްސާ އޮންނަންޖެހޭ ގޮތަށް ގަވާއިދު އެކުލަވާލައިފި

16 ގަޑިއިރު ކުރިން - 14:48

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

3 ދުވަސް ކުރިން - 14:32

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

3 ދުވަސް ކުރިން - 12:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

4 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

4 ދުވަސް ކުރިން - 11:48