Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފީފާ ވޯލްޑް ކަޕް މިރޭ ފަށަނީ: ފުރަތަމަ މެޗުގައި މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރަނީ

ފީފާ ވޯލްޑް ކަޕް މިރޭ ފަށަނީ: ފުރަތަމަ މެޗުގައި މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 11 ޖޫން 2026 08:42
މުބާރާތް ފަށާ މެޗު ކުޅޭނީ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި---
މުބާރާތް ފަށާ މެޗު ކުޅޭނީ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި---
ޚުލާސާ

2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި މުބާރާތުގައި ވެސް އެންމެ ފުރަތަމަ ވާދަކުރީ މި ދެޓީމު. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން. މިއީ ވޯލްޑް ކަޕުގެ ތާރީހުގައިވެސް ކުޅޭ އެންމެ ބޮޑު މުބާރާތް. އެގޮތުން 48 ޓީމު ބައިވެރިވާއިރު ޖުމްލަ 104 މެޗު ކުޅޭނެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ފީފާ ވޯލްޑް ކަޕް 2026 މިރޭ ރަސްމީކޮށް ފަށާނެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯއާއި ދެކުނު އެފްރިކާއެވެ. މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ގްރޫޕް 'އޭ' ގެ ފުރަތަމަ މެޗެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 48 ޓީމު ވާދަކުރާއިރު، ތިން ގައުމެއްގައި (އެމެރިކާ، ކެނެޑާ އަދި މެކްސިކޯ) ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ މެޗަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް އާކޮށްދޭނެ މެޗެކެވެ. އެ އަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން ޖޮހަނަސްބާގްގައި ކުޅުނު މެޗުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެކްސިކޯއިން އަމިއްލަ ގައުމުގައި، ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކު މުބާރާތް ކާމިޔާބުކަމާއެކު ފެށުމަށް އަމާޒު ހިފާފައިވާއިރު، ދެކުނު އެފްރިކާއިން ނުކުންނާނީ މެކްސިކޯއަށް މެޗު އުނދަގޫކޮށް، މުހިންމު ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ.

Advertisement

Advertisement 1

މިއަދުން ފެށިގެން ޖުލައި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތް އުތުރު އެމެރިކާގެ 16 ސިޓީއެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.

ފީފާ ވޯލްޑް ކަޕްމެކްސިކޯސައުތު އެފްރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

2 ގަޑިއިރު ކުރިން - 07:34

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

22 ގަޑިއިރު ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

1 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

4 ދުވަސް ކުރިން - 09:14

ރިޕޯޓު: ބުރާސްފަތި ދުވަހުގެ ރޭ ފަށާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާނީ ކިހިނެތް؟

ބުރާސްފަތި ދުވަހުގެރޭ ފަށާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާނީ ކިހިނެތް؟

4 ދުވަސް ކުރިން - 07:25

ވޯލްޑް ކަޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް، އައިވަރީ ކޯސްޓް އަތުން ބަލިވެއްޖެ

ވޯލްޑް ކަޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް، އައިވަރީ-ކޯސްޓް އަތުން ބަލިވެއްޖެ

6 ދުވަސް ކުރިން - 04:53