Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

އައިޝަތު ރުވާ ރިފްޢަތު
79 ދުވަސް ކުރިން - 9 ޖޫން 2026 09:03
ކުއްލި ހަބަރު---
ކުއްލި ހަބަރު---
ޚުލާސާ

މީގެކުރިން އަގު ހުރީ 18.50 ރުފިޔާއަށް މީގެ އިތުރުން 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް މިހާރު ގަންނަނީ 25 ރުފިޔާއަށް. މިއީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު މަސް ގަންނަ އަގުތަކަށް ބަލާއިރު، އެ ކުންފުނީގެ ހުރިހާ ސެންޓަރަކުން ވެސް ކަޅުބިލަމަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން ކޮންމެ ދުވަހަކު އާންމުކުރާ އަގުތަކުގެ ލިސްޓުގައިވާ ގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފެލިވަރު، ކޫއްޑޫ، އައްޑޫ، ތިނަދޫ، ފަރެސްމާތޮޑާ، ދާންދޫ، އަދި ފުވައްމުލަކުގެ ފެކްޓްރީތަކާއި ސެންޓަރުތަކުން ވެސް މަސްވެރިންގެ އަތުން މަސް ގަންނަމުން އަންނަނީ 20 ރުފިޔާއަށެވެ.

Advertisement

Advertisement 1

ކަޅުބިލަމަހުގެ އިތުރުން، ބޮޑު ކަންނެލި ގަންނަ އަގުތަކަށް ވެސް މިއަދު ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ބޮޑު ކަންނެލި ކިލޯއެއް އާންމުކޮށް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާގެ މަގުންނެވެ.

މަހުގެ އަގަށް މި ގެނައި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ. މިދިޔަ އާދީއްތަ ދުވަހު "ޚުލާސާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވެފައިވަނީ، ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިފްކޯއިން މިގޮތަށް އަގުތައް ކަނޑައަޅާފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނާއި، މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. ސަރުކާރުގެ މަސް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށެވެ.

މިފްކޯމުހައްމަދު އަނަސް (މިފްކޯ ސީއީއޯ)ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

9 ގަޑިއިރު ކުރިން - 23:42

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

10 ގަޑިއިރު ކުރިން - 23:02

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

10 ގަޑިއިރު ކުރިން - 22:31

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

16 ގަޑިއިރު ކުރިން - 16:36

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު: ދިފާއީ ގުޅުންތައް ފުޅާކުރަން ފަށައިފި

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު

22 ގަޑިއިރު ކުރިން - 11:02

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

1 ދުވަސް ކުރިން - 11:16