Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި؛ އަމާޒަކީ ކިލޯއެއް 20 ރުފިޔާއަށް ޖެއްސުން - ސީއީއޯ

މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި؛ އަމާޒަކީ ކިލޯއެއް 20 ރުފިޔާއަށް ޖެއްސުން - ސީއީއޯ

އައިޝަތު ރުވާ ރިފްޢަތު
80 ދުވަސް ކުރިން - 7 ޖޫން 2026 13:26
ބަޔަކު މަސް ކިރުވުމަށް މަސައްކަތް ކުރަނީ. / ފޮޓޯ: ޒުވާން މަސްވެރިޔާ
ބަޔަކު މަސް ކިރުވުމަށް މަސައްކަތް ކުރަނީ. / ފޮޓޯ: ޒުވާން މަސްވެރިޔާ
ޚުލާސާ

ސީއީއޯ ވިދާޅުވީ ރައީސް މުޢިއްޒުގެ އަމާޒަކީ މަސް ކިލޯއެއް 20ރ. އަށް ޖެއްސުން. މި ސަރުކާރުން ވަނީ ކުރީގެ ދަރަންޏާއެކު ބިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. އަދި މިހާރު 48 ގަޑިއިރު ތެރޭ ފައިސާ ދަނީ ދޫކުރަމުން.

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) ގެ ހުރިހާ ސެންޓަރުތަކަކާއި މަސް ގަންނަ ބޯޓުފަހަރުތަކުން މިއަދުން ފެށިގެން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މި ނިންމުމާއެކު މިފްކޯއިން މިވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ މާކެޓް އަގާ އެއްވަރުކޮށްފައެވެ. މިއީ އެންވެރިކަން ތަދު، މަސްވެރިކަން ދަށް ދުވަސްވަރެއްގައި މަސްވެރިން ކަނޑަށް ނިކުތުމަށް ލިބިގެންދާނެ އިތުރު ހިތްވަރެއްގެ ގޮތުގައި މަސްވެރިން ފާހަގަކުރެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންގެ އަޑު ގާތުން އައްސަވާކަމުގެ ހެއްކެއްގެ ގޮތުގައިވެސް މަސްވެރިން ދެކެއެވެ.

މިކަމާ ގުޅޭގޮތުން މިފްކޯގެ ސީއީއޯ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަބަދުވެސް އެންމެ އިސްކަމެއް ދެއްވަނީ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ކަމަށެވެ.

Advertisement

Advertisement 1
"މަސްވެރިންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ ކަންތައް. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރާއި ކަމާގުޅޭ ކުންފުނިން މެދުކެނޑުމެއްނެތި ދަނީ މަސައްކަތްކުރަމުން"
މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް

މިފްކޯގެ ހިންގުމުގެ ނިޒާމަށް ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތްތަކަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ސީއީއޯ އަނަސް ވަނީ ވިދާޅުވެފައެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުވައްޒަފުންނާ ވާހަކަފުޅުދައްކަވަމުން އަނަސް ވިދާޅުވީ، އެންމެ އިސް އަމާޒަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުނީގެ އުސޫލުތައް މުރާޖައާކޮށް، މިފްކޯއަކީ ނަތީޖާ ނެރެދޭ އިގްތިސާދީ ގޮތުން ބާރުވެރި މުއައްސަސާއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާ ނުދީ އޮތެވެ. ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރި ނަމަވެސް، މަސްވެރިންނަށް ދަރާފައި އޮތް ފައިސާ ދައްކާފައެއް ނުވެއެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ، ކުރީ ސަރުކާރުގެ ދަރަންޏާއެކު ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ދޫކޮށްފައެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިފްކޯއިން ދަނީ އެއްވެސް ލަސްކަމެއް ނެތި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ހުއްޓުމެއް ނެތް ގޮތެއްގައި ދޫކުރަމުންނެވެ.

މިފްކޯމުހައްމަދު އަނަސް (މިފްކޯ ސީއީއޯ)ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

8 ގަޑިއިރު ކުރިން - 23:42

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

9 ގަޑިއިރު ކުރިން - 23:02

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

9 ގަޑިއިރު ކުރިން - 22:31

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

15 ގަޑިއިރު ކުރިން - 16:36

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު: ދިފާއީ ގުޅުންތައް ފުޅާކުރަން ފަށައިފި

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު

21 ގަޑިއިރު ކުރިން - 11:02

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

1 ދުވަސް ކުރިން - 11:16