Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
148 ދުވަސް ކުރިން - 28 މެއި 2026 17:08
ޗައިނާގެ ފެކްޓްރީއެއްގައި ކާރެއް އުފައްދަނީ---
ޗައިނާގެ ފެކްޓްރީއެއްގައި ކާރެއް އުފައްދަނީ---
ޚުލާސާ

މީގެ ފަހަތުގައި ވަނީ ޗައިނާ ސަރުކާރުން ދޭ ބޮޑެތި އެހީތަކާއި، ޓެކްނޮލޮޖީގެ މާހިރުންގެ ބައިވެރިވުން. ޗައިނާގެ ބާޒާރުގައި ބޭރުގެ ބްރޭންޑްތަކުގެ ހިއްސާ 2020 ވަނަ އަހަރު އޮތް 64 އިންސައްތައިން މިހާރު ވަނީ 32 އިންސައްތައަށް ދަށްވެފަ.

ދުނިޔޭގެ ބާޒާރުގައި ނަންމަޝްހޫރު އެމެރިކާ، ޔޫރަޕް އަދި ޖަޕާނުގެ ކާރު އުފައްދާ ކުންފުނިތަކަށް ޗައިނާގެ ކުންފުނިތަކާ ވާދަކުރުމުގައި ބޮޑެތި ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. އިލެކްޓްރިކް އުޅަނދުތަކުގެ އިތުރުން، ބެޓެރީ ޓެކްނޮލޮޖީއާއި، ސޮފްޓްވެއާ އަދި ޑިޒައިންގެ ދާއިރާއިން ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑްތައް ވަނީ ފަހަތަށް ޖެހެން ފަށާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކާރު މައުރަޒު ކަމަށްވާ "އޮޓޯ ޗައިނާ 2026" ގެ ހަވާސާގައި ބީޖިންގް އަދި ހެފޭއިގައި ހުންނަ ފެކްޓްރީތަކުގައި ޗައިނާގެ އުފެއްދުންތެރިކަމުގައި އޮޓޯމޭޝަން ނުވަތަ ރޮބޮޓިކްސް ބޭނުންކުރާ މިންވަރު އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. މިކަމުގެ ސަބަބުން، ކުރިން ޗައިނާގެ ބާޒާރު ކޮންޓްރޯލްކުރި ބޭރުގެ ކުންފުނިތަކަށް މިހާރު ވަނީ އެ ހަލުވިމިނުގައި ކުރިއަށްދާން އުނދަގޫވެފަ އެވެ.

ހޮންޑާ ކުންފުނީގެ ސީއީއޯ ތޯޝިހީރޯ މިބޭ ވިދާޅުވީ، ޗައިނާގެ ޒަމާނީ ފެކްޓްރީތައް ފެނުމަށްފަހު، އެ ކުންފުނިތަކާ ވާދަކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. ހަމައެއާއެކު، ފޯޑް ކުންފުނީގެ ސީއީއޯ ޖިމް ފާލީ ވެސް ވަނީ ހުޅަނގުގެ ކާރު އުފައްދާ ކުންފުނިތައް މިހާރު އޮތީ "ފުރާނަ ސަލާމަތްކުރުމުގެ ހަނގުރާމައެއްގައި" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

Advertisement

Advertisement 1

ޗައިނާގެ މި ކުރިއެރުމުގެ ސިއްރަކީ ސަރުކާރުން ދޭ ބޮޑެތި އެހީތަކާއި، ޓެކްނޮލޮޖީގެ މާހިރުންގެ ބައިވެރިވުމެވެ. ޝައޯމީ، ހުއާވޭ އަދި އަލީބާބާ ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުން ކާރު އުފެއްދުމުގެ ދާއިރާއަށް ވަނުމާއެކު، ކާރުތައް މިހާރު ބަދަލުވަމުންދަނީ "ފުރޮޅުލީ ސްމާޓްފޯން" ތަކަކަށެވެ. މިސާލަކަށް ޝައޯމީގެ ފެކްޓްރީއަކުން ކޮންމެ 76 ސިކުންތަކުން ކާރެއް އުފައްދައި ނިންމާލާއިރު، ބީވައިޑީ ކުންފުނީގެ ކާރުތައް އެންމެ 5 މިނެޓުން ޗާޖުކޮށްލައިގެން 400 ކިލޯމީޓަރަށް ދަތުރުކުރެވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގެ ބާޒާރުގައި ބޭރުގެ ބްރޭންޑްތަކުގެ ހިއްސާ 2020 ވަނަ އަހަރު އޮތް 64 އިންސައްތައިން މިހާރު ވަނީ 32 އިންސައްތައަށް ދަށްވެފަ އެވެ. މި ބަދަލާއެކު ޖެނެރަލް މޮޓޯސް އާއި ޖަރުމަނުގެ މަޝްހޫރު ކުންފުނިތަކުގެ އާމްދަނީއަށް ވަނީ ބޮޑު އަސަރެއް ކޮށްފަ އެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ފޯކްސްވެގަން އަދި ސްޓެލާންޓިސް ފަދަ ކުންފުނިތަކުން މިހާރު ދަނީ ޗައިނާގެ ކުންފުނިތަކާއެކު އައު އެއްބަސްވުންތައް ގާއިމުކޮށް، އެމީހުންގެ ސޮފްޓްވެއަރާއި ޓެކްނޮލޮޖީ ގަންނަމުންނެވެ. ކާރު އުފެއްދުމުގެ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، މި ސިނާއަތުގެ މައިކަށި މިހާރު ވަނީ ޗައިނާއަށް ބަދަލުވެފަ އެވެ. އަދި ޗައިނާގެ ކުންފުނިތަކާއެކު ގުޅިގެން މަސައްކަތް ނުކުރާ ކުންފުނިތަކަށް ކުރިމަގުގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބެލެވެ އެވެ.

ޗައިނާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ސަގާފީ ތަރިކަ ހިމާޔަތްކުރުމަށް ޒަމާނީ ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު

ސަގާފީ ތަރިކަ ހިމާޔަތްކުރުމަށް ޒަމާނީ ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު

4 ދުވަސް ކުރިން - 12:11

ޗައިނާއިން ދެކުނުއިރުމަތީ އޭޝިއާގައި އަސްކަރީ މަރުކަޒެއް ހުޅުވައިފި!

ޗައިނާއިން ދެކުނުއިރުމަތީ އޭޝިއާގައި އަސްކަރީ މަރުކަޒެއް ހުޅުވައިފި!

22 ދުވަސް ކުރިން - 10:50

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

28 ދުވަސް ކުރިން - 15:25

އާޓިފިޝަލް އިންޓެލިޖެންސް އޮންނަންވާނީ އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި: ޗައިނާ ރައީސް

އާޓިފިޝަލް އިންޓެލިޖެންސް އޮންނަންވާނީ އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި: ޗައިނާ ރައީސް

28 ދުވަސް ކުރިން - 19:53

މުހިންމު ބައްދަލުވުމަކަށް ޗައިނާގެ ރައީސް ޝީ ވައިޓް ހައުސްއަށް ވަޑައިގެންފި

މުހިންމު ބައްދަލުވުމަކަށް ޗައިނާގެ ރައީސް ޝީ ވައިޓް ހައުސްއަށް ވަޑައިގެންފި

28 ދުވަސް ކުރިން - 19:47

އޭއައި އިންސާނުންގެ ބާރުދަށުގައި އޭއައި ބޭއްވުމަށް 20 ގައުމަކާއި އީޔޫއިން ގޮވާލައިފި

އޭއައި އިންސާނުންގެ ބާރުދަށުގައި އޭއައި ބޭއްވުމަށް 20 ގައުމަކާއި އީޔޫއިން ގޮވާލައިފި

31 ދުވަސް ކުރިން - 17:16