ޗައިނާގެ މެދުތެރޭގެ ހެނާން ޕްރޮވިންސްގެ ހައިވޭއެއްގައި ގިނަ އަދަދެއްގެ ފަސިންޖަރުން ތިބި އުޅަނދަކާއި ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 13 މީހުން މަރުވެ އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.

ހެނާން ޕްރޮވިންސްގެ ލޯކަލް އޮތޯރިޓީތަކުން ބުނާ ގޮތުގައި ޕަމްޕް ޓުރަކުގައި ޖެހުނު ވޭނަކީ އޯވަލޯޑު ވެފައިވާ 9 ސީޓުގެ ވޭނެކެވެ. އޭގައި 16 މީހުން ތިއްބެވެ.

މަގުތަކުގައި ބާރުބޮޑު ޗައިނާގައި މިދިޔަ ނޮވެމްބަރު މަހު ހިނގި އެކްސިޑެންޓެއްގައި 11 މީހުން މަރުވިކަން ފާހަގަ ކުރެވެއެވެ.