Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

އައިޝަތު ރުވާ ރިފްޢަތު
147 ދުވަސް ކުރިން - 22 މެއި 2026 11:17
މަސްވެރިންތަކެއް މަހަށް ގޮސް މަސް ބާނަމުންދަނީ---

ޚުލާސާ

އުންމީދަކީ މިހާރު ލިބިފައިވާ ޑިއުޓީ އިނާޔަތްތަކަކީ ދާއިމީ އަދި ދިގުމުއްދަތުގެ އިންތިޒާމަކަށް ވެގެންދިއުން ކަމަށް އެމް.އެސް.ޕީ.އީ.އޭގެ ބަޔާނުގައި ފާހަގަކޮށްފައިވޭ.

އިނގިރޭސިވިލާތުގެ "ޓްރޭޑް ޓެރިފް" އުސޫލަށް ގެނައި ބަދަލުތަކާއެކު، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލުމަށް ނިންމި ނިންމުމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް ޑިއުޓީ ކަނޑާލުމުގެ މައިގަނޑު މަގްސަދަކީ އެ ގައުމުގެ ވިޔަފާރިތަކަށް ބޭރުން މުދާ އެތެރެކުރުމުގައި ހިނގާ ހަރަދު ކުޑަކޮށް، ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން ސަޕްލައި ޗެއިން ވަރުގަދަކޮށް، ކުޑަ އަގެއްގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމަކީވެސް މި ނިންމުމުގެ ބޭނުމެކެވެ. ރާއްޖޭގެ މަހުގެ އުފެއްދުންތައް މި ލިސްޓުގައި ހިމެނުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

Advertisement

Advertisement 1

މި އުފާވެރި ދަނޑިވަޅުގައި، އެމް.އެސް.ޕީ.އީ.އޭ އިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކޮށްފަ އެވެ. މަސްވެރިންނާއި މަސް އެކްސްޕޯޓްކުރާ ފަރާތްތަކުގެ ހައްގުގައި ސަރުކާރުން ދެއްވާ އަހަންމިއްޔަތާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވާދަވެރިކަން އިތުރުކުރުމަށް ކުރައްވާ މަސައްކަތްޕުޅުތައް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

އެމް.އެސް.ޕީ.އީ.އޭ އިން އުންމީދު ކުރަނީ އިނގިރޭސިވިލާތުގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ކުރަމުންދާ މަޝްވަރާތައް ކުރިއަށްގެންގޮސް، މިހާރު ލިބިފައިވާ ޑިއުޓީ އިނާޔަތްތަކަކީ ދާއިމީ އަދި ދިގުމުއްދަތުގެ އިންތިޒާމަކަށް ވެގެންދިއުމަށެވެ. މިފަދަ ދާއިމީ ނިންމުމެއްގެ ސަބަބުން އިނގިރޭސިވިލާތުގެ ބާޒާރަށް މަސް އެކްސްޕޯޓްކުރާ ދިވެހި ކުންފުނިތަކަށް އިތުރު އިތުބާރާއި ހަމަޖެހުން ލިބިގެންދާނެ އެވެ.

މީގެ އިތުރުން، މި ކާމިޔާބީ ހާސިލުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެސް އެމް.އެސް.ޕީ.އީ.އޭ އިން ވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

މަސްވެރިކަންއިނގިރޭސީވިލާތްރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

1 ދުވަސް ކުރިން - 13:57

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

2 ދުވަސް ކުރިން - 13:33

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

4 ދުވަސް ކުރިން - 20:21

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

5 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

5 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

5 ދުވަސް ކުރިން - 10:45