Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

އައިޝަތު ރުވާ ރިފްޢަތު
55 ދުވަސް ކުރިން - 20 މެއި 2026 18:18
ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް/ ފޮޓޯ: މިނިސްޓަރީ
ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް/ ފޮޓޯ: މިނިސްޓަރީ
ޚުލާސާ

އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމަކީ މަސްވެރިންނާއި، މަސްވެރި އާއިލާތަކުގެ އިތުރުން މަސް ބަންދުކޮށްގެން ބޭރުކުރާ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވި.

ދިވެހި މަސްވެރިކަން ދުނިޔޭގެ އެންމެ މުހިންމު އެއް މާކެޓަށް ހުޅުވިގެން ގޮސްފައިވާ ކަމަށާއި، މިއީ މަސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް، 2028 ވަނަ އަހަރުގެ ނިޔަލަށް ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ނިންމުމާއެކު ދިވެހި މަސްވެރިކަމަށް ބައިނަލްއަގްވާމީ މައިދާނުގައި އައު ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަޝިޕަށް މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

Advertisement

Advertisement 1

ޝިޔާމް ވިދާޅުވި ގޮތުގައި، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމަކީ މަސްވެރިންނާއި، މަސްވެރި އާއިލާތަކުގެ އިތުރުން މަސް ބަންދުކޮށްގެން ބޭރުކުރާ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. "ދިވެހި ކަނޑުމަހަކީ ހަމައެކަނި ދުނިޔެއަށް ފޯރުކޮށްދޭ ކާނާއެއް ނޫން. މިއީ ތިމާވެއްޓާ ރައްޓެހި، ޒިންމާދާރު ގޮތެއްގައި ބާނާ މަހެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި މަސްވެރިކަން ކުރިއަރުވައި، ބައިނަލްއަގްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް އޮތް ފުރުސަތުތައް ފުޅާކުރުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތާއި ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި މިނިސްޓަރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެ ހިމެނޭހެން އިނގިރޭސިވިލާތާއެކު ވިޔަފާރީގެ އެއްބަސްވުމެއް ނެތް ގައުމުތަކުން އެތެރެކުރާ މަހުން 20 އިންސައްތައިގެ ޓެރިފެއް ނަގަން ފެށީ 2021 ވަނަ އަހަރުގަ އެވެ. މިހާތަނަށް އިނގިރޭސިވިލާތަށް އެންމެ ގިނައިން މަސް އެތެރެކުރާ ގައުމުތަކުގެ ތެރެއިން އިކުއެޑޯ، މޮރިޝަސް އަދި ސީޝެލްސް ފަދަ ގައުމުތަކަށް ޑިއުޓީއާ ނުލައި މަސް އެތެރެކުރުމުގެ ފުރުސަތު އޮވެ އެވެ.

ރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ގައުމުތަކުގެ ލިސްޓުގެ 9 ވަނައިގައި އޮތް ގައުމެވެ. ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް މަސް ބޭރުކުރެ އެވެ. ސަރުކާރުން ބުނެފައިވަނީ އިނގިރޭސިވިލާތުން މިހާރު ނިންމި ނިންމުން ދާއިމީ ކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

މި ނިންމުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ. އިނގިރޭސި ސަރުކާރުގެ މި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްމަދު މުއިއްޒު ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމްރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

14 ގަޑިއިރު ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

20 ގަޑިއިރު ކުރިން - 11:05

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

20 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31