Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއްވެ އުޅުމުގެ މިނިވަންކަމުގައި އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަތުމަށް ފުލުހުން އިލްތިމާސްކޮށްފި

އެއްވެ އުޅުމުގެ މިނިވަންކަމުގައި އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަތުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުސައިން އިސްމާއިލް
106 ދުވަސް ކުރިން - 14 މެއި 2026 23:58
ޝަހީދު ހުސައިން އާދަމް ބިލިޑިން. / ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލިޑިން. / ފޮޓޯ: ޚުލާސާ
ޚުލާސާ

ހުއްދައެއް ނެތި މާލޭގައި އެއްވުންތަކާއި ހިނގާލުންތައް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި އެކަނިކަމަށްވެސް ފުލުހުން ހަނދާންކޮށްދިން.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގައި، އެހެން މީހުންގެ މިނިވަންކަމާއި ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން، ޤާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ފުލުހުން ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަން ފުލުހުން ފާހަގަކުރެއެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކުރަންޖެހޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުލުހުންގެ ލިޔުމުން ލިބޭ ހުއްދައެއް ނެތި މާލޭގައި އެއްވުންތަކާއި ހިނގާލުންތައް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި އެކަނިކަމަށްވެސް ފުލުހުން ހަނދާންކޮށްދީފައިވެއެވެ.

Advertisement

Advertisement 1

ފުލުހުން އިތުރަށް ވިދާޅުވީ، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ޤާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

އެހެންނަމަވެސް، ޤާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، މަގުތައް ބެލެހެއްޓުމުގެ އެންމެހައި އިންތިޒާމުތައް ފުލުހުން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދީފައެވެ. ފުލުހުން މި އިލްތިމާސް ނެރެފައިވަނީ އާންމު މަސްލަހަތު ހިމާޔަތްކުރުމަށާއި، އެކަކުގެ ހައްގު ބޭނުންކުރުމުގެ ތެރެއިން އަނެކާގެ މިނިވަންކަމަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމުގެ މަގުސަދުގައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

5 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

8 ދުވަސް ކުރިން - 12:10

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%