Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރީގެ ސަރުކާރުން ނެގި ބޮޑު ދަރަންޏެއް ރައީސް މުޢިއްޒުގެ ސަރުކާރުން އަދާކޮށްފި

ކުރީގެ ސަރުކާރުން ނެގި ބޮޑު ދަރަންޏެއް ރައީސް މުޢިއްޒުގެ ސަރުކާރުން އަދާކޮށްފި

ހުސައިން އިސްމާއިލް
110 ދުވަސް ކުރިން - 11 މެއި 2026 12:25
ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއަދު އަދާކޮށްފައިވަނީ އެސް.ބީ.އައި އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް.

ކުރީގެ ސަރުކާރުން ދައުލަތުގެ ނަމުގައި ނަގާފައިވާ ބޮޑު ދަރަންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަދު ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުން 2019ވަނަ އަހަރު ތިން ފަހަރުމަތިން 150 މިލިޔަން ޑޮލަރުގެ ލޯނު، އިންޑިއާއިން ނެގި ކަމަށެވެ. އެ ލޯނުތައް ނުދައްކާ ރޯލްއޯވާ ކުރަމުންގޮސް މި ސަރުކާރަށް އެ ދަރަނި ވާރުތަވި ކަމަށާއި އޭގެ ތެރޭގައި މިހާތަނަށް 100 މިލިޔަން ޑޮލަރު ދައްކާ ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ މި ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު އެމަނިކުފާނުގެ ސަރުކާރުން ދައްކާ ނިންމީ 7 ޖަނަވަރީ 2024ގައި ކަމަށެވެ. އަދި މޭ 11 އަށް 50 މިލިޔަން ޑޮލަރު ދައްކަން ހަމަޖެހިފައިވާތީ އެ ފައިސާވެސް މިހާރު ދައްކާ ޚަލާސްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ބާކީ 50 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ދައްކަންޖެހޭ ކަމަށާއި އެ ފައިސާވެސް ދައްކަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ދަރަނި އަދާކޮށްފައިވަނީ، ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ގައުމުތަކުގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ދެމެހެއްޓުމުގެ މަޤްޞަދުގައެވެ. ދަރަނި ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް، އެއްވެސް ލަސްކަމެއް ނެތި މި ފައިސާ ވަނީ ދައްކާ ޚަލާޞްކޮށްފައެވެ.

މި ފައިސާ ދެއްކުމަކީ ރާއްޖޭގެ އިޤްތިޞާދީ އިސްތިޤްލާލު ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ވިދާޅުވީ މި ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިސްވެ ހުންނަވައި، ދައުލަތުގެ މާލީ ނިޒާމަށް ބޭނުންވާ އިޞްލާޙީ ބަދަލުތައް ގެނައުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އިންޑިއާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

8 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

14 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02