ޣައްޒާގެ އެތައް ހާސް ބަޔަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބޭ އިރު، ފައި ބުރިކޮށްލާފައިވާ ކޮންމެ ފަސް މީހަކުން އެކަކީ ކުޑަކުއްޖެއް ކަމަށް އދ އިން ބުނެފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެތައް ހާސް ބައެއްގެ ގުނަވަންތައް ބުރިވެފައި ވެއެވެ.
އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ޣައްޒާގައި ސްޕެޝަލިސްޓުން ލިބުމަށް ވަރަށް ބޮޑަށް ދަތިވެ، ސިއްހީ ސާމާނު ވެސް ލިބުން ދަތިވެފައިވާ ކަމަށް އދ. އިން ބުނެއެވެ.
އިސްރާއީލުން ވަނީ 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގެ ސަރަހައްދަށް ފަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެ ސަރަހައްދުގެ 2.4 މިލިއަން މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް ދެއަހަރު ވަންދެން ހަމަލާ ދީ، 72،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 172،000 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްފައިވާ ކަމަށް އދ.ގެ ހިސާބުތަކުން ދައްކައެވެ.










