ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއެކު، އިއްޔެ 15 މީހުންގެ ޓީމެއް އިމިގްރޭޝަނުން ހައްޔަރު ކޮށްފިއެވެ.

މިމީހުންނަކީ ހ.ބިއަންކާ (މާލެ)، ބަލައި ފާސްކުރަނިކޮށް އެގޭތެރެއިން ފެނުނު މީހުންނެވެ. ނަމަވެސް މި އެންމެންނަކީ އެގޭގައި ދިރިއުޅޭ ބައެއްކަން ޚުލާސާއަކަށް ކަށަވަރެއް ނުވެއެވެ.
އިމިގްރޭޝަނުންނެ ކުރެއްވި އެކްސްގައި ވަނީ އެގޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އެ ރެއިޑުގައި ވެސް ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެގޭގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައިވާ ކަމަށެވެ.
އެހެންކަމުން ބެލެވެނީ އެ އެންމެންނަކީ ވެސް އެގޭގައި ކައިބޮއިހަދާ ނިދާ މީހުން ކަމަށެވެ.
ކުޑަކުޑަ ތަންކޮޅެއްގަިއ 15 މީހުން ނިދައި ކައިބޮއިހަދައި އަދި އާމްދަނީ ހޯދުމަށް ވަރަށް ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައިގެން ވިއްކާއިރު، މިއީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދާއި ޚިލާފު ކަމެކެވެ. އަދި އާންމު މިންގަނޑުތަކާއި ޚިލާފަށް ޕުލާސްޓިކް ކޮތަޅަށް ބަތާއި ރިހަ އަޅައިގެން މާލޭގެ އެކި ތަންތަނުގައި އުޅޭ ބިދޭސީންނަށް ހ.ބިއަންކާ ގައިއުޅޭ ބިދޭސީން ދަނީ ޑެލިވަރީކޮށް އެއިން ފައިސާ ހޯދަމުންނެވެ.

މިގޮތަށް އެމީހުން ހޯދާ ފައިސާ ރާއްޖެއިން ބޭރު ކުރަނީ ވެސް ގަވާއިދާއި ޚިލާފަށެވެ. އިއްޔެވެސް ބިދޭސީއަކު 80 ހާހަށްވުރެ ގިނަ ޑޮލަރު ރާއްޖެއިން ބޭރުކުރަނިކޮށް އެއާޕޯޓުން ހިފެހެއްތިކަން ފާހަގަ ކުރެވެއެވެ.

ގަވާއިދާ ޚިލލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ގާނޫނު ތަންފީޒުކުރުމަށް އިމިގްރޭޝަނާއި ކަމާއި ގުޅުން ހުރި މުއައްސަސާތަކުން މީގެ އެއްވެސް ވެރިކަމެއްގައި ނުކުރާހާ ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.









