Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދ. ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ދ. ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 21 އޭޕްރިލް 2026 00:45
ކުޑަހުވަދޫގެ ފިއުލް ޝެޑުން ކަސްޓަމަރަކު ހިދުމަތް ލިބިގަންނަނީ. / ފޮޓޯ: އެފްއެސްއެމް
ކުޑަހުވަދޫގެ ފިއުލް ޝެޑުން ކަސްޓަމަރަކު ހިދުމަތް ލިބިގަންނަނީ. / ފޮޓޯ: އެފްއެސްއެމް
ޚުލާސާ

މިއީ ކުޑަހުވަދޫގައި ހުޅުވުނު ދެވަނަ ފިއުލް ޝެޑު. މިއީ އެ ސަރަހައްދަށް ލިބިގެންދާނެ ފަސޭހަކަމެއް.

ދ. ކުޑަހުވަދޫގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ގާއިމުކުރި އައު ފިއުލް ޝެޑް ރަސްމީކޮށް ހުޅުވައި، އެ ރަށުގައި ތެލުގެ ހިދުމަތް ދޭން ފަށައިފިއެވެ. މިއީ މުޅި ރާއްޖެއަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކުޑަހުވަދޫގައި ހުޅުވުނު މި ޝެޑަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފިއުލް ޝެޑް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހުޅުވުނު ތަނެކެވެ. އެފްއެސްއެމް އިން ކުޑަހުވަދޫގެ ސައިޓް އޮޕަރޭޝަނަށް މި ގެނައީ، ށ. މިލަންދޫ އަދި ފ. ނިލަންދޫގައި މިފަދަ ޝެޑްތައް ހުޅުވިތާ ހަފުތާތަކެއްގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހަތަރަކަށްވުރެ ގިނަ ސައިޓް އޮޕަރޭޝަނަށް ގެނެވިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމލަ 18 ފިއުލް ޝެޑެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

Advertisement

Advertisement 1

ކުޑަހުވަދޫގައި މި ޚިދުމަތް ފެށުމާއެކު ދާލު އަތޮޅުގެ ތެލުގެ ސަޕްލައި އިތުރަށް ވަރުގަދަވެގެންދާނެއެވެ. މީގެ ސަބަބުން ތެޔޮ ހޯދުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް ކުރަންޖެހޭ ދިގު ދަތުރުތައް މަދުވެ، އަތޮޅުގެ މަސްވެރިންނަށާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ކުޑަހުވަދޫއަކީ ދާލު އަތޮޅުގެ ދަތުރުފަތުރުގެ މައި މަރުކަޒަކަށް ވުމުން، ފެންވަރު ރަނގަޅު ފިއުލް އައުޓްލެޓެއް އެ ރަށުގައި ހުރުމަކީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ލިބޭ ފައިދާއެއް ނޫނެވެ. އެއީ އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

އެފްއެސްއެމްދ. ކުޑަހުވަދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިލިމާލޭގެ ތެލުގެ ދަތިކަމަށް ހައްލެއް: އެފް.އެސް.އެމްގެ އައު ފިއުލް ސްޓޭޝަންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި އެފް.އެސް.އެމް އިން ގާއިމުކުރާ ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

8 ގަޑިއިރު ކުރިން - 15:48

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

11 ދުވަސް ކުރިން - 12:08

ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

93 ދުވަސް ކުރިން - 15:00

އެމްޕީއެލް ތެލުގެ ހިޔާނާތުގައި ހިމެނޭ މީހުންގެ އަތުން ބަދަލު ހޯދަން އަންގައިފި

ތެލުގެ ހިޔާނާތުގެ ބައިވެރިންގެ އަތުން ބަދަލު ހޯދަނީ

304 ދުވަސް ކުރިން - 19:26

ތެލުގެ އަގު މައްޗަށް: ރާއްޖެއަށް އަސަރުކުރުން ގާތް!

ތެލުގެ އަގު މައްޗަށް: ރާއްޖެއަށް އަސަރުކުރުން ގާތް!

355 ދުވަސް ކުރިން - 11:40

އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

440 ދުވަސް ކުރިން - 10:42