Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނު މައްސަލައިގައި އިނގިރޭސީވިލާތުން 250,000 ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެއްޖެ

އީރާނު މައްސަލައިގައި އިނގިރޭސީވިލާތުން 250,000 ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެއްޖެ

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 20 އޭޕްރިލް 2026 16:26
ވަޒީފާ ލިބޭތޯ އިނގިރޭސިވިލާތުގެ ރައްޔިތުންތަކެއް ޖޮބްސެންޓަރުގައި. އިނގިރޭސިވިލާތުގެ ގިނަ ކުންފުނިތަކަކުން މިހާރު ދަނީ މުވައްޒަފުން މަދުކުރުމަށް ވިސްނަމުން.
ވަޒީފާ ލިބޭތޯ އިނގިރޭސިވިލާތުގެ ރައްޔިތުންތަކެއް ޖޮބްސެންޓަރުގައި. އިނގިރޭސިވިލާތުގެ ގިނަ ކުންފުނިތަކަކުން މިހާރު ދަނީ މުވައްޒަފުން މަދުކުރުމަށް ވިސްނަމުން.
ޚުލާސާ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުގެ އިގްތިސާދަށް ނުރައްކާވެ، 250,000 ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެއްޖެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދު ހީނަރުވެ، އެ ގައުމުގެ ގާތްގަނޑަކަށް 250,000 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާއި، މުދާ އުފުލުމުގެ ނިޒާމަށް ބުރޫއެރުމުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް ރަތް ކަނޑުގެ ސަރަހައްދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން މުދާ ސަޕްލައި ކުރުމުގައި ދަތިތައް ކުރިމަތިވެ، ތަކެތީގެ އަގު ވަނީ އުފުލިފައެވެ.

އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި ހާލަތު މިގޮތަށް ކުރިއަށްދާނަމަ އިނގިރޭސިވިލާތް އިގްތިސާދީ ކާރިސާއަކަށް ނުވަތަ "ރިސެޝަން" އަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ރީޓެއިލް، މެނުފެކްޗަރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

Advertisement

Advertisement 1

އިނގިރޭސިވިލާތުގެ ގިނަ ކުންފުނިތަކަކުން މިހާރު ދަނީ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ވިސްނަމުންނެވެ.

އިނގިރޭސި ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އީރާނަށް ވަންނަ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާ އިން ހިންގާ “ކަނޑު ފޭރުމުގެ ޢަމަލު” ތަކުގައި ބައިވެރި ނުވާން އިނގިރޭސި ސަރުކާރުން ވަނީ ނިންމާފައެވެ.

ދުނިޔެއިނގިރޭސީވިލާތްއީރާންމެދުއިރުމަތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

އޭއައި ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

14 ގަޑިއިރު ކުރިން - 13:35

އެމެރިކާގެ ވިސާ ނުލިބުނު ކަމުގައި ވިޔަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

ވިސާ ނުލިބުނަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

2 ދުވަސް ކުރިން - 21:26

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި: އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެއްޖެ

2 ދުވަސް ކުރިން - 19:57

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

2 ދުވަސް ކުރިން - 11:38

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

2 ދުވަސް ކުރިން - 08:29

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

3 ދުވަސް ކުރިން - 07:06