ހައްދުފަހަނަ އަޅާފައިވާ އިޒުރޭލުގެ ސިފައި ލުބުނާނުގެ ހޮސްޕިޓަލަކަށް ބޮން އަޅައިފިއެވެ.
އެއްގަމުންނާއި ވައިގެ މަގުން ލުބުނާނުގެ ދެކުނަށް ޒައެނިސްޓުން ގެންދަނީ ހަމަލާ ދެމުންނެވެ.
ލުބުނާނުގެ ދެކުނުގައި އިޒުރޭލު ސިފައިންނާއި ހިޒްބުالله އާއި ދެމެދު ވަރުގަދަޔަށް ކުރިމަތިލުންތައް އެބަ ހިނގާ. ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކުރާ ގޮތުގައި ބިންތު ޖަބީލް ޓައުންގައި ހިޒްބުاللهގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ ސިފައިންނާ ދެމެދު މިވަގުތު ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހަނގުރާމަ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކުން ހަމަލާ ދެމުން ދާއިރު ބައެއް ގެތަކާއި ފިހާރަ ތަކަށް ދަނީ ބޮން އަޅަމުންނެވެ.
އިސްރާއީލުގެ ސިފައިން ވަނީ އެ ސަރަހައްދުގެ ގްރޭންޑް މާރުކޭޓުގެ އެންޓްރެންސްގައި ހުރި ބައެއް ގެތައް ވެސް ތަޅާލާފައެވެ.
މީގެ އިތުރުން އިސްރާއީލުގެ ޖެޓްތަކުން ޓެބްނީން ޓައުންއަށް ވައިގެ ހަމަލާއެއް ދީ، ލޯކަލް ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.










