Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަންޑަލޭންޑް އަތުން ބަލިވެ، ޓޮޓެންހަމް ރެލިގޭޝަންގެ ބިރުވެރިކަމުގެ ތެރެއަށް

ސަންޑަލޭންޑް އަތުން ބަލިވެ، ޓޮޓެންހަމް ރެލިގޭޝަންގެ ބިރުވެރިކަމުގެ ތެރެއަށް

އައިޝަތު ރުވާ ރިފްޢަތު
96 ދުވަސް ކުރިން - 12 އޭޕްރިލް 2026 22:07
މިއީ ފާއިތުވި އަހަރުތަކުގައި ޓޮޓެންހަމަށް އެންމެ ނާކާމިޔާބު ސީޒަން---
މިއީ ފާއިތުވި އަހަރުތަކުގައި ޓޮޓެންހަމަށް އެންމެ ނާކާމިޔާބު ސީޒަން---
ޚުލާސާ

މިއީ 1935 ވަނަ އަހަރު އެ ޓީމު ރެލިގޭޝަނާ ކުރިމަތިލީ ފަހުން، މޮޅެއް ނުލިބި ޖެހިޖެހިގެން 14 މެޗު ހަމަކުރި ފުރަތަމަ ފަހަރު.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ސަންޑަލޭންޑް އަތުން 1-0 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާ ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއީ ޓޮޓެންހަމްގެ އާ ކޯޗު ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް މި ނަތީޖާއާއެކު ލަންޑަނަށް ނިސްބަތްވާ މި ކްލަބް މިހާރު އޮތީ ތާވަލުގެ ފުލުން ތިންވަނައިގަ އެވެ. މިއީ 1935 ވަނަ އަހަރު އެ ޓީމު ރެލިގޭޝަނާ ކުރިމަތިލީ ފަހުން، މޮޅެއް ނުލިބި ޖެހިޖެހިގެން 14 މެޗު ހަމަކުރި ފުރަތަމަ ފަހަރެވެ.

ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގަ އެވެ. މި ލަނޑަކީ ސަންޑަލޭންޑްގެ ނޯޑީ މުކިއޭލޭ ފޮނުވާލި ހަމަލާއެއް، ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެން ޑި ވެންގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޯލަށް ވަން ލަނޑެކެވެ.

Advertisement

Advertisement 1

މެޗުގެ ކުރީކޮޅު ޓޮޓެންހަމަށް ޕެނަލްޓީއެއް ލިބުނު ކަމަށް ރެފްރީ ނިންމި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. އަދި މެޗުގެ ތެރެއިން ޓޮޓެންހަމްގެ ކެޕްޓަން ކްރިސްޓިއަން ރޮމޭރޯއަށް އަނިޔާވެގެން ބާލަން ޖެހުނުއިރު، އެ ޓީމުގެ ކީޕަރު ކިންސްކީއަށް ވެސް ވަނީ ބޮލަށް އަނިޔާވެ ބެންޑޭޖް އަޅައިގެން ކުޅެން ޖެހިފަ އެވެ.

މި މޮޅާއެކު ސަންޑަލޭންޑް އޮތީ 46 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގަ އެވެ. މިއީ 2010 ވަނަ އަހަރަށްފަހު ލީގުގައި ޓޮޓެންހަމްގެ މައްޗަށް ސަންޑަލޭންޑުން ކުރިހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ޓޮޓެންހަމް އޮތީ 32 މެޗުން 30 ޕޮއިންޓާއެކު 18 ވަނައިގައެވެ. ރެލިގޭޝަން ޒޯނުން ބޭރުގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެމެދު މިހާރު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޑި ޒާބީ ބުނީ، ކުޅުންތެރިންގެ ރޫހާއި މަސައްކަތާމެދު ޝަކުވާއެއް ނެތް ކަމަށާއި، އެންމެ މެޗަކުން މޮޅުވިޔަސް ހުރިހާ ކަމެއް ބަދަލުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

1977 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ ބިރު ބޮޑުވެފައިވާ ޓޮޓެންހަމަށް ދެން އޮތީ ލީގުގައި ބާކީ ހަ މެޗެވެ. އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި އެ ޓީމު ބައްދަލުކުރާނީ ބްރައިޓަންއާ އެވެ.

ޓޮޓެންހަމްސަންދަރލެންޑްއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

47 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

48 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

53 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

53 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

55 ދުވަސް ކުރިން - 22:55

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

55 ދުވަސް ކުރިން - 22:38