ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފަށް އިޒުރޭލުން ލުބުނާނަށް ބޮން އެޅުމުގެ ސަބަބުން، ހުޅުވިތާ ފަނަރަ ވަރަކަށް ގަޑިއިރަށް ފަހު އީރާނުން އަނެއްކާ ވެސް ހުރްމުޒް ބަންދު ކޮށްލައިފިއެވެ.


ދެހަފްތާ އަށް ހަނގުރާމަ ހުއްޓާލުމަށް ނިންމައި، އީރާނުން މިއަދު ވަނީ ހުރްމުޒް ކަނޑުއޮޅި ވެސް ހުޅުވާފައެވެ. އެ އޮޅިން ދެބޯޓު ނުކުމެގެން ދިޔައެވެ.
އީރާނުގެ އަސްކަރީ މަސްދަރުތަކުން އިންޒާރު ދިން ގޮތުގައި އިސްރާއީލުން ލުބުނާނާއި ދެކޮޅަށް ޙަމަލާ ދެމުންދާނަމަ ހުރްމުޒް އޮންނީ ބަންދު ވެފައެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ހަނގުރާމަ ހުއްޓައިލުމަށް އީރާނުން ހުށަހެޅި މައިގަނޑު 10 ނުކުތާގައި ލުބުނާނަށް ޙަމަލާ ނުދިނުން ހިމަނާފައި ވެއެވެ.
މެދުވެރިއެއްގެ ގޮތުގައި އުޅުނު ޕާކިސްތާނުން ދެންމެ ވެސް ބުނީ އިސްރާއީލާއި އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަ ނުކުރާނެ ކަމަށް އީރާނުން އެއްބަސްވި ދިހަނުކުތާގެ ތެރޭގައި ލުބުނާނަށް ޙަމަލާ ނުދިނުން ހިމެނޭ ކަމަށެވެ.








