ލުބުނާނަށް އެއްގަމު މަގުން އަރަން އުޅުނު އިޒުރޭލުގެ 8 ސިފައިން މަރާލާފައިވާ ކަމަށް ޙިޛްބުﷲ އިން ބުނެފިއެވެ.

ލުބުނާނުގެ ދެކުނު ސަރަހައްދުގައި ޔަހޫދީ ސިފައިންނާއި ޙިﷲްބުﷲ އިން ވަރަށް ވަރުގަދަޔަށް ކުރިމަތިލަމުން އެބަ ދެއެވ. ޙިޛްބުﷲ އިން ބުނެފައިވަނީ، ލުބުނާނުގެ ފަސްގަނޑަށް އަރައިގަންނަން މަސައްކަތްކުރި އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ގޮވާތަކެތި ބޭނުންކޮށްގެންނާއި އޮޓޮމެޓިކް ހަތިޔާރުން ހަމަލާދީ، އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

މި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ސިފައިންގެ އަށް މީހަކު މަރުވެފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އިޒްރޭލުގެ ސިފައިން ގެންދަނީ ލުބުނާނުގެ އެތެރެއަށް ވައިގެ މަގުން ވެސް ޙަމަލާތައް ދެމުންނެވެ.

ލުބުނާނުގެ ސަރުކާރުން ބުނެފައިވަނީ އިސްރާއީލުގެ މި އުދުވާނުގެ ސަބަބުން މިހާތަނަށް އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށެވެ.

ޙިޛްބުﷲ އިން ބުނަމުންދަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ލުބުނާނުގެ ފަސްގަނޑަށް އަރައިގަތުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެ ޖަމާއަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.