Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗައިނާގެ ޓެކް ކުންފުނިތަކުން ހޮންކޮންގަށް މިސްރާބު ޖަހަނީ ކީއްވެ؟

ޗައިނާގެ ޓެކް ކުންފުނިތަކުން ހޮންކޮންގަށް މިސްރާބު ޖަހަނީ ކީއްވެ؟

އައިޝަތު ރުވާ ރިފްޢަތު
107 ދުވަސް ކުރިން - 31 މާޗް 2026 21:23
ޗައިނާގެ ޓެކް ކުންފުންޏެއްގައި އެގައުމުގެ ބަޔަކު މަސައްކަތް ކުރަނީ---
ޗައިނާގެ ޓެކް ކުންފުންޏެއްގައި އެގައުމުގެ ބަޔަކު މަސައްކަތް ކުރަނީ---
ޚުލާސާ

ދުނިޔޭގެ ސިޔާސީ ނުތަނަވަސްކަމާ ހުރެ ޗައިނާގެ ބޮޑެތި ޓެކް ކުންފުނިތައް ބައިނަލްއަޤްވާމީ މާކެޓަށް ނިކުތުމަށްޓަކައި ހޮންކޮންގުގައި ވިޔަފާރި ފުޅާކޮށް، އެ ސިޓީއަކީ މައި ހަބަކަށް ހަދަމުން އެބަގެންދޭ.

ދުނިޔޭގެ ޓެކްނޮލޮޖީގެ މައިދާނުގައި ފާހަގަކޮށްލެވޭ ޗައިނާގެ ބޮޑެތި ކުންފުނިތަކުން މިހާރު ހޮންކޮންގުގައި ފައިތިލަ ސާބިތުކުރުމަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުން އެބަދެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ބަދަލު އަންނަން ފަށާފައިވަނީ ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ މާކެޓަށް ނިކުތުމަށް އޮތް އެންމެ ފަހި ފުރުސަތަކީ ހޮންކޮންގް ކަމަށް އެ ކުންފުނިތަކަށް ގަބޫލުކުރެވޭތީޗ އެވެ.

މި މަސައްކަތުގައި މައިގަނޑު ގޮތެއްގައި އުޅެނީ ޗައިނާގެ މެއިންލޭންޑަށް ނިސްބަތްވާ އާޓިފިޝަލް އިންޓެލިޖެންސް، ސެމީކޮންޑަކްޓާ އަދި ކްލައުޑް ކޮމްޕިއުޓިންގް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ. މި ކުންފުނިތަކުން ދަނީ ހޮންކޮންގުގެ ސައިންސް ޕާކާއި ސައިބަރޕޯޓް ފަދަ ސަރަހައްދުތަކުގައި އެމީހުންގެ އޮފީސްތަކާއި، ރީސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރުތައް ބިނާކުރަމުންނެވެ. ފަހަކަށް އައިސް މި ދުވެލި ވަނީ ވަރަށް ބޮޑަށް އަވަސްވެފަ އެވެ.

މި ބަދަލު އަންނަން ދިމާވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، އެންމެ މުހިންމު ކަމަކީ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ހަނގުރާމައާއި، އެމެރިކާއިން ޗައިނާގެ ޓެކް ކުންފުނިތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ހޮންކޮންގަކީ ރައްކާތެރި މަރުކަޒަކަށް ވެ އެވެ. މީގެ އިތުރުން، ހޮންކޮންގުގައި އޮންނަ އިނގިރޭސި 'ކޮމަން ލޯ' ނިޒާމާއި، ބޭރު ފައިސާގެ މުއާމަލާތްތަކަށް އޮންނަ މިނިވަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ހޯދަން އެ ކުންފުނިތަކަށް ފަސޭހަވެ އެވެ.

Advertisement

Advertisement 1

ހޮންކޮންގް ސަރުކާރުން ވެސް ދަނީ ޓެކްނޮލޮޖީގެ ދާއިރާއަށް އަމާޒުކޮށްގެން ގިނަ މާލީ އެހީތަކާއި ޓެކްސްގެ ލުއިތަކެއް ދެމުންނެވެ. މިއީ ޗައިނާގެ މެއިންލޭންޑާ ގާތްކޮށް އޮވެމެ، ދުނިޔޭގެ އެހެން ގައުމުތަކަށް ވިޔަފާރި ފުޅާކުރުމަށް ލިބޭ އެންމެ އެކަށީގެންވާ "ގޭޓްވޭ" ކަމުގައި އެ ކުންފުނިތަކުން ދެކެ އެވެ.

މި ބަދަލާއެކު ހޮންކޮންގް ވެގެންދާނީ ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް މަރުކަޒަށެވެ. މިއީ ޗައިނާގެ ކުންފުނިތަކުން ހުޅަނގުގެ ފިއްތުންތަކާ ދެކޮޅަށް ރާވަމުންދާ ވަރުގަދަ އިސްތިރާތީޖީ ފިޔަވަޅެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ސިފަކުރެއެވެ.

ހޮންގ ކޮންގޗައިނާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

4 ދުވަސް ކުރިން - 23:28

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

14 ދުވަސް ކުރިން - 21:31

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

41 ދުވަސް ކުރިން - 23:06

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

49 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

49 ދުވަސް ކުރިން - 11:09

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

53 ދުވަސް ކުރިން - 23:16