ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި އަންހެނަކު ޑީޕޯޓް ކޮށްލައިފިއެވެ. މިއީ މިއަދު އިމިގްރޭޝަނުން ޑީޕޯޓް ކޮށްލައިފި ކަމަށް ބުނެ މަޢުލޫމާތު ދިން ދެވަނަ ބިދޭސީ އަންހެން ވިޔަފާރިވެރިޔާއެވެ.
މިފަހަރު ޑި÷ޯޓް ކޮށްލާފައިވަނީ "ސުޝްމިތާ ދައުގޮދާ" ކަމަށާ އޭނާގެ އާންމު ނަމަކީ ސުޒޫ ކަމަށް އިމިގްރޭޝަނުން ކުރި އެކްސް ޕޯސްޓުގައި ވެއެވެ.
"އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 18 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި. އެގޮތުން މި ބިދޭސީފަރާތަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި ފަރާތަކަށް ވާތީ އޭނާ ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 20 ވަނަ ދުވަހު ފުރުވާލާފައި." އިމިގްރޭޝަނުގެ އެކްސް ބަޔާނުގައި ވެއެވެ.
އިމިގްރޭޝަނުން ވަނީ ފުޅާ ދާއިރާގައި ވިޔަފާރިކުރަމުން އަންނަ ރިޓްޒް ސެލޫނު ހިންގާ އަންހެންމީހާވެސް ޑީޕޯޓް ކޮށްފައެވެ. ރިޒް އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން އޭނާ ހައްޔަރުކުރީ އޮގަސްޓު 11 ވަނަ ދުވަހު ކަމަށާއި އޭނާގެ 04 ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، އޮގަސްޓު 13 ވަނަ ދުވަހު މި ފަރާތްތައް ވަނީ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ކަމަށްވެސް އިމިގްރޭޝަނން މިއަދު އެކްސްގައި ދެންނެވިއެވެ.









