Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެލުގެ އަގު ބޮޑުވެ މިޞްރުގެ މަގުތަކުން ކަރަންޓު ކަނޑަން ފަށައިފި

ތެލުގެ އަގު ބޮޑުވެ މިޞްރުގެ މަގުތަކުން ކަރަންޓު ކަނޑަން ފަށައިފި

ހުސައިން އިސްމާއިލް
72 ދުވަސް ކުރިން - 30 މާޗް 2026 16:26
މިޞްރުގެ މަގުމަތިން ރޭގަނޑު ބަޔަކު ހިނގާފައި ދަނީ އަލިކުރަން ގިނަ މީހުން މިހާރު ބޭނުން ކުރަނީ ފޯނު.
މިޞްރުގެ މަގުމަތިން ރޭގަނޑު ބަޔަކު ހިނގާފައި ދަނީ އަލިކުރަން ގިނަ މީހުން މިހާރު ބޭނުން ކުރަނީ ފޯނު.
ޚުލާސާ

ރޭގަނޑު މިޞްރުގެ ގިނަ މަގުތައް ކަނު އަނދިރީގައި. މިޞްރަކީ އިސްރާއީލަށް ރައްކާތެރިކަން ހޯދައިދިނުމަށް އެއްބަސް ވެފައިވާ ޤައުމެއް.

އީރާނު ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް އިންތިހާއަށް އުފުލެމުންދިއުމާ ގުޅިގެން، މިޞްރުގެ ސަރުކާރުން ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ގިނަ ޢަދަދެއްގެ މަގުގަކުން ކަރަންޓު ކަނޑާލައިފިއެވެ.

ރޭގަނޑު މިޞްރުގެ ގިނަ މަގުތައް މިހާރު އޮންނަނީ ކަނު އަނދިރީގައެވެ. މިޞްރަކީ އިސްރާއީލަށް ރައްކާތެރިކަން ހޯދައިދިނުމަށް އެއްބަސް ވެފައިވާ ޤައުމެއް ކަމަށް ވާއިރު، މިޞްރާއި ދުނިޔޭގެ އެހެން ޤައުމުތަކަށް ތެލުގެ ދަތިކަމް ކުރިމަތި މިވީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ބޮން އެޅުމުގެ ސަބަބުން ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެންނެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާ އިން ވަނީ ވެމެޒުއެލާގެ ތެޔޮވަޅުތައް ގަދަކަމުން އަތުލައިގަނެފައެވެ.

ހަނގުރާމަ އާއި ގުޅިގެން ތެލުގެ ސަޕްލައި ދަށް ވެފައި ވާތީވެ، މިޞްރުގެ އެކި ސަރަހައްދުތަކުގައި މިހާރު ރޭގަނޑު ވަގުތުތަކުގައި މަގުބައްތިތައް ދިއްލާފައި ބަހައްޓާ މިންވަރު މަދުކޮށް، ސަރުކާރުގެ އިދާރާތަކުގައި އޭސީ ބޭނުންކުރުން ވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ވިޔަފާރިކުރާ މޯލްތަކާއި ފިހާރަތައް ރޭގަނޑު ވަކި ގަޑިއަކަށް ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. މިޞްރުގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ގޭސް ބޭނުންކުރާ މިންވަރު މަދުކޮށް، އެ ގޭސް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓްކޮށްގެން ގައުމަށް ބޭރު ފައިސާ ހޯދުމެވެ.

މިޞްރުގެ ސަރުކާރުން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އާންމު ރައްޔިތުންވެސް ހަކަތަ އިގްތިސާދު ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިޖިޕްޓްއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

14 ގަޑިއިރު ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

16 ގަޑިއިރު ކުރިން - 11:26

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

2 ދުވަސް ކުރިން - 12:57

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

3 ދުވަސް ކުރިން - 02:57

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

4 ދުވަސް ކުރިން - 16:01