ޔަމަނުގެ ހޫޘީން ވެސް ހަނގުރާމަ އާއި ގުޅިއްޖެއެވެ.

އިޒުރޭލާއި އެމެރިކާ އާއި ދެކޮޅަށް އީރާނާއި ޙިޛްބުﷲ އަދި ޣިރާޤުގައި ތިބި ބައިވެރިންނާއި އެކު ޔަމުނުގެ ހޫޘީން މި ހަނގުރާމަ އާއި ރަސްމީކޮށް ގުޅިއްޖެ ކަމަށް އިޢުލާން ކުރަމުން ބުނީ އެމެރިކާއާއި އިޒުރޭލުގެ އުޅަނދުތައް ރަތް ކަނޑަށް ފައްތާނެ ކަމަށާއި، މިތިބި "ބަޑީގެ ވަޒަން ދޫކޮށްލަން ތައްޔާރަށް" ކަމަށެވެ.

ހޫޘީންގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާއި، އެމެރިކާގެ އެހީތެރިކަމާއެކު އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ މުޅި ސަރަހައްދުގެ ސުލްހަ ނަގާލުމަށް ހިންގާ އަމަލުތަކެކެވެ. އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކުގެ ހައްގުގައި އަދި އިސްލާމީ އުއްމަތުގެ ދިފާއުގައި ކޮންމެ ވަގުތަކުވެސް ވަރުގަދަ ރައްދެއް ދިނުމަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.