Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މުހައްމަދު ޖަމްޝަތު
156 ދުވަސް ކުރިން - 26 މާޗް 2026 10:17
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި---ފޮޓޯ: ޚުލާސާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި---ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާ. އެ ގައުމުން މިހާތަނަށް 90,189 ފަތުރުވެރިން ވަނީ އައިސްފަ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 601,707 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ވައިގެ މަގުން އައި 595,405 ފަތުރުވެރިންނާއި، ކަނޑުމަގުން ޒިޔާރަތްކުރި 6,302 ފަތުރުވެރިން ހިމެނެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު 227,403 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ފެބުރުއަރީ މަހު 254,365 ފަތުރުވެރިން އައިސްފައިވާއިރު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 119,939 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

Advertisement

Advertisement 1

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 90,189 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައިގައި 72,934 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 56,593 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީވިލާތުން 54,955 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 38,711 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު ހިދުމަތް ދިނުމަށް 1,292 ތަނެއް ވަނީ ހުޅުވާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތަކުގެ އިތުރުން ސަފާރީތައް ހިމެނެއެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 67,454 އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 405,798 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 156,223 ފަތުރުވެރިން، ހޮޓެލްތަކުގައި 17,063 ފަތުރުވެރިން އަދި ސަފާރީތަކުގައި 12,615 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

1 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

2 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

4 ދުވަސް ކުރިން - 14:38

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

5 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

7 ދުވަސް ކުރިން - 21:15

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

10 ދުވަސް ކުރިން - 10:06