Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުނިޔެ މިހާރު ކުރިމަތިލަމުންދާ ހަކަތައިގެ ދަތިކަން 1970 ގެ އަހަރުތަކަށްވުރެ ބޮޑު: އައި.އީ.އޭ

ދުނިޔެ މިހާރު ކުރިމަތިލަމުންދާ ހަކަތައިގެ ދަތިކަން 1970 ގެ އަހަރުތަކަށްވުރެ ބޮޑު: އައި.އީ.އޭ

ހުސައިން އިސްމާއިލް
120 ދުވަސް ކުރިން - 24 މާޗް 2026 11:26
އޮސްޓްރޭލިއާގެ ކެންބެރާގައި ހުންނަ ނޭޝަނަލް ޕްރެސް ކްލަބުގައި، އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ އިސްވެރިޔާ ފާތިހު ބިރޯލް ވާހަކަފުޅުދައްކަވަނީ---
އޮސްޓްރޭލިއާގެ ކެންބެރާގައި ހުންނަ ނޭޝަނަލް ޕްރެސް ކްލަބުގައި، އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ އިސްވެރިޔާ ފާތިހު ބިރޯލް ވާހަކަފުޅުދައްކަވަނީ---
ޚުލާސާ

މި ނުރައްކާތެރި ހާލަތު ކުރިމަތިވެފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ "ހުރްމުޒް" ބަންދުވުމާ ގުޅިގެން.

ދުނިޔެ އަށް މިހާރު ކުރިމަތި ވެފައިވާ ހަކަތައިގެ ދަތިކަމަކީ 1970 ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ދަތިކަމުގެ ދެ ހާދިސާ އެއްކޮށްލުމުން ލިބޭ ގެއްލުމަށް ވުރެ ވެސް މާ ނުރައްކާތެރި އަދި ބޮޑު ކަމެއް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހް ބިރޯލް ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ނޭޝަނަލް ޕްރެސް ކްލަބުގައި ވާހަކަ ދައްކަވަމުން ބިރޯލް ވިދާޅުވީ، މިހާރުގެ ހާލަތަކީ ދެ ފަހަރެއްގެ މަތިން ކުރިމަތިވި ތެލުގެ ކްރައިސިސް އާއި ގޭހުގެ މާކެޓަށް އައި ބޮޑު ލޮޅުން އެކުވެގެން އައިސްފައިވާ ވަރުގަދަ ތޫފާނެއް ފަދަ ކަމެއް ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމެވެ.

ބިރޯލް ފާހަގަކުރެއްވި ގޮތުގައި، ހަކަތައިގެ މުހިންމު މަގުތަކާއި ވަސީލަތްތަކަށް ދެވޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ދުވާލަކު ސަޕްލައިކުރާ ތެލުގެ މިންވަރުން 11 މިލިއަން ފީފާ ވަނީ މަދުވެފައެވެ. މިއީ 1970 ގެ އަހަރުތަކުގައި ކުރިމަތިވި އުނިކަމަށްވުރެ ދެގުނަ އިތުރު މިންވަރެކެވެ. މީގެ އިތުރުން، ގުދުރަތީ ގޭހުގެ ސަޕްލައިންވެސް 140 ބިލިއަން ކިއުބިކް މީޓަރު މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މި ނުރައްކާތެރި ހާލަތު ކުރިމަތިވެފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ "ހުރްމުޒް ކަނޑުއޮޅި" ބަންދުވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ބިރޯލް އިންޒާރު ދެއްވިއެވެ.

މި ބޮޑު ކްރައިސިސްއިން އަރައިގަތުމަށްޓަކައި، ގައުމުތަކުގެ ސަރުކާރުތަކުން ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އައި.އީ.އޭ އިން ވަނީ ބައެއް ފިޔަވަޅުތައް ހުށަހަޅާފައެވެ. މީގެ ތެރޭގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއި، ދަތުރުފަތުރު ކުރުމުގައި އެއް އުޅަނދެއްގައި ގިނަ ބަޔަކު ދަތުރުކުރުން (ކާޕޫލިންގް) ހިމެނެއެވެ.

ރާއްޖެފަދަ ހަކަތައަށް ބޭރު ގައުމުތަކަށް ބަރޯސާވާންޖެހޭ ގައުމުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރުވެސް ދަނީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ މިފަދަ ބައިނަލްއަގުވާމީ ލޮޅުންތަކުން ސަލާމަތްވުމަށް ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެކެވެ.

ފާތިހް ބިރޯލް ވިދާޅުވީ، މި ހާލަތުން ދަސްކޮށްދެނީ ދުނިޔޭގެ ގައުމުތަކުން ތިމާވެއްޓާ ރައްޓެހި އަދި އިތުބާރު ހުރި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުން އަވަސްކުރަން ޖެހިފައިވާ ކަމެވެ.

އޮސްޓްރޭލިއާއީރާން ކްރައިސިސް 2026ރަޝިއާ - ޔުކްރޭން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

2 ދުވަސް ކުރިން - 22:44

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

3 ދުވަސް ކުރިން - 22:05

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

3 ދުވަސް ކުރިން - 13:25

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

4 ދުވަސް ކުރިން - 14:01

އީރާނު ހަނގުރާމަ އަށް އެމެރިކާ އިން ގިނައަދަދެއްގެ ރިފިއުލިންގް ބޯޓުތައް  ފޮނުވަން ނިންމައިފި

އީރާނު ހަނގުރާމަ އަށް އެމެރިކާ އިން ގިނައަދަދެއްގެ މަތިންދާބޯޓު ފޮނުވަން ނިންމައިފި

4 ދުވަސް ކުރިން - 10:43

ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ތެޔޮ ޕްލެޓްފޯމަކަށް ޙަމަލާ ދީފި

ކުވައިތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށާއި ތެޔޮ ޕްލެޓްފޯމަކަށް ޙަމަލާ ދީފި

5 ދުވަސް ކުރިން - 11:47