ކޮލަމްބިއާގެ އެއާފޯސް ލޮކްހީޑް ސީ‐130 ހަރކިއުލަސް އަސްކަރީ މަތިންދާބޯޓެއް އިކުއެޑޯ ކައިރިން އެމެޒޯން ބޯޑަރު ކައިރީގައި އޮންނަ ދެކުނު ޕުޓޫމާޔޯ ކައިރިން ނައްޓައިލި ތަނާ ހެން މާ ގިނަ އިރެއް ނުވެ ވެއްޓި އޭގައި ރޯވެ އަނދަމުން އެބަ ދެއެވެ. ބޯޓު ވެއްޓުނީ އިކުއެޑޯ އާއި ޕެރޫގެ ބޯޑަރު ކައިރިއަށެވެ.
ގާތްގަނޑަކަށް 110 ސިފައިންނާއި ފަޅުވެރިން ހިމެނޭހެން 125 ވަރަކަށް މީހުން ތިބި މި ބޯޓުން މިހާތަނަށް ސަލާމަތް ކުރެވުނީ 48 މީހުން ކަމަށް އެ ޤައުމުގެ މަސްދަރަކުން ބުނެއެވެ.
މިއަދު އެމެރިކާގެ ނިއުޔޯކުގައި ވެސް ވަނީ ކެނެޑާގެ މަތިންދާބޯޓެއްގައި ރޯވެ ޕައިލެޓާއި ކޯޕައިލެޓް މަރުވެފައިކަން ފާހަގަ ކުރެވެއެވެ.










