Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެލޭޝިއާ އާއި ސިންގަޕޫރު ހިމެނޭ ގޮތަށް އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

މެލޭޝިއާ އާއި ސިންގަޕޫރު ހިމެނޭ ގޮތަށް އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
114 ދުވަސް ކުރިން - 22 މާޗް 2026 19:24
ސިންގަޕޫރުގެ ތެޔޮ އުފައްދާ މަރުކަޒެއް---
ސިންގަޕޫރުގެ ތެޔޮ އުފައްދާ މަރުކަޒެއް---
ޚުލާސާ

އަރަބި ގައުމުތަކާއެކު ރާއްޖެއިން ބާއްވަމުންދާ ގާތް ގުޅުމުގެ ސަބަބުން މި ނާޒުކު ދަނޑިވަޅުގައި ވެސް ރަނގަޅު އަގުތަކެއްގައި ތެޔޮ ލިބެމުންދާކަން މިނިސްޓރު ފާހަގަކުރެއްވި.

މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި، ދުނިޔޭގެ އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އީރާނާއި، އިސްރާއީލް އަދި އެމެރިކާ ހިމެނޭ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ކެބިނެޓް ކޮމިޓީން ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޒަމީރު ވިދާޅުވީ އިތުރު މާކެޓްތަކުން ތެލުގެ ބާވަތްތައް ރާއްޖެއަށް ގެނައުމަށް ފެށި މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ.

އެގޮތުން، މިހާރު މެލޭޝިއާ އަދި ސިންގަޕޫރުން ތެޔޮ ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިންގަޕޫރުން ގެންނަ ޕެޓްރޯލާއި ޑީސަލްގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ކުރީކޮޅު ރާއްޖެއަށް ލިބޭނެ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އަރަބި ގައުމުތަކާއެކު ރާއްޖެއިން ބާއްވަމުންދާ ގާތް ގުޅުމުގެ ސަބަބުން މި ނާޒުކު ދަނޑިވަޅުގައި ވެސް ރަނގަޅު އަގުތަކެއްގައި ތެޔޮ ލިބެމުންދާކަން މިނިސްޓރު ފާހަގަކުރެއްވި އެވެ. އެގޮތުން އޮމާނުން ވެސް ކުރިއަށް އޮތް ތަނުގައި ތެލުގެ އިތުރު ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް މިވަގުތު ސަރުކާރުގެ ނެތްކަން މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ އެކި މާކެޓްތަކުން ތެޔޮ ހޯދައި، ރައްޔިތުންނަށް އަތްފޯރާފަށުގައި ތެލުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު މޫސާ ޒަމީރުރައީސުލްޖުމްހޫރިއްޔާގެ އޮފީސްއީރާން ކްރައިސިސް 2026މެލޭޝިއާސިންގަޕޫރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދިން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދީފި

15 ގަޑިއިރު ކުރިން - 18:09

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

1 ދުވަސް ކުރިން - 12:01

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

1 ދުވަސް ކުރިން - 11:09

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

2 ދުވަސް ކުރިން - 18:50

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

4 ދުވަސް ކުރިން - 17:02