Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގައި އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމްކުރުމުގެ މަޝްވަރާ ސަރުކާރުން ފަށައިފި

ރާއްޖޭގައި އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމްކުރުމުގެ މަޝްވަރާ ސަރުކާރުން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
114 ދުވަސް ކުރިން - 22 މާޗް 2026 17:28
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަޝްރޫއު ކުރިއަށް އޮތް ތަނުގައި އެމްއެމްއޭއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރައްކާކުރާނެ ވަސީލަތްތައް ގާއިމްކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި.

ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެއް އަހަރު ދުވަހަށް ބޭނުންވާ ތެލުގެ ރިޒާވެއް ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވަނީ ތެލަށް ކަމަށްވާތީ، ތެލުގެ ރިޒާވެއް އޮތުމަކީ ގައުމަށް މިވަގުތު ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. މިއީ މީޑިއަމް ޓު ލޯންގް ޓާމް ޕްލޭނެއްގެ ދަށުން ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ދުނިޔޭގެ ބާޒާރުގައި ހިނގާ ހަނގުރާމަތަކާއި ނުވަތަ ދިމާވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން މިފަދަ ރިޒާވެއް ގާއިމްކުރުމެވެ. މި މަޝްރޫއު ކުރިއަށް އޮތް ތަނުގައި އެމްއެމްއޭއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރައްކާކުރާނެ ވަސީލަތްތައް ގާއިމްކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

Advertisement 1

ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްލޭންގެ ފުރަތަމަ ފޭސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ.

މިހާރު ރާއްޖޭގައި ހުރި ތެލުގެ ސްޓޮކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މިހާރު ހުރި ތެލުން އަންނަ މަހުގެ މެދެއްހާ ހިސާބަށް ފުދޭނެ ކަމަށެވެ. އަދި އަންނަ މަހުގެ 3 ނުވަތަ 4 ވަނަ ދުވަހު ތެލުގެ ދެ ޝިޕްމަންޓެއް ރާއްޖެއަށް ބަނދަރުކުރާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށްވުރެ ބޮޑުވެފައިވީ ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު މިއަދު ދެއްވި އެވެ. އެގޮތުން އާންމުންނާއި އެކި ދާއިރާތަކަށް ކުރިމަތިވެދާނެ ތަކުލީފުތަކަށް ރިއާޔަތްކޮށް، ސަރުކާރުން ތެލުގެ އަގު ހިފަހައްޓާނީ ސަބްސިޑައިޒް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ ހަނގުރާމަތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތައް ދިރާސާކުރުމަށް އުފައްދާފައިވާ ވަޒީރުންގެ ކޮމެޓީން ބޭއްވި ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިސްޓަރު މޫސާ ޒަމީރުއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދިން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދީފި

15 ގަޑިއިރު ކުރިން - 18:09

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

1 ދުވަސް ކުރިން - 12:01

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

1 ދުވަސް ކުރިން - 11:09

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

2 ދުވަސް ކުރިން - 18:50

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

4 ދުވަސް ކުރިން - 17:02