Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ 1,224 ފްލެޓުގެ ބިންގާ އަޅައިފި

އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ 1,224 ފްލެޓުގެ ބިންގާ އަޅައިފި

އައިޝަތު ރުވާ ރިފްޢަތު
161 ދުވަސް ކުރިން - 22 މާޗް 2026 01:22
ބީއެމްއެލްގެ 1224 ފްލެޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިންގާ އަޅަނީ---
ބީއެމްއެލްގެ 1224 ފްލެޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިންގާ އަޅަނީ---
ޚުލާސާ

މި މަޝްރޫއުގެ އަމަލީ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލުމަކީ ބޭންކުގެ އަމާޒު. ސީއެމްއީސީއަކީ މީގެ ކުރިން 'ވިނަރެސް' ފްލެޓުތައްވެސް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެއް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ 3,260 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 1,224 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އަޅައިފި އެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޝިންގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު އަލީ ހަބީބާއި، ސީއީއޯ މުހައްމަދު ޝަރީފް އަދި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އެވެ.

Advertisement

Advertisement 1

ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލުމަކީ އެ ބޭންކުގެ އަމާޒެކެވެ. މި ބޮޑު މަޝްރޫއުގެ ދަށުން ބައެއް ޔުނިޓުތައް އެޅުމަށް ޗައިނާގެ އިތުރު ކުންފުންޏަކާއި ރާއްޖޭގެ ބައެއް ކުންފުނިތަކާވެސް ވަނީ ހަވާލުކޮށްފަ އެވެ. ސީއެމްއީސީއަކީ މީގެ ކުރިން 'ވިނަރެސް' ފްލެޓުތައްވެސް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.

މި މަޝްރޫއަކީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެކުލަވައިލި 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން' ގަވާއިދުގެ ދަށުން، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން' އިން ހިންގާ ފުރަތަމަ މަޝްރޫއެވެ.

ސަރުކާރުގެ 'އެންމެންނަށް ބޯހިޔާވަހިކަން' ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ބީއެމްއެލްގެ 3,260 ޔުނިޓާއެކު ޖުމްލަ 7,900 ހައުސިން ޔުނިޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އާއިލީ ބޯހިޔާވަހިކަމުގެ މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބީއެމްއެލްއެންމެނަށް ބޯހިޔާވަހިކަން ސްކީމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

5 ދުވަސް ކުރިން - 14:50

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

6 ދުވަސް ކުރިން - 12:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 08:48