Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ގަދަ ތިނެއްގެ މަގާމު ވަރުގަދަކޮށްފި

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ގަދަ ތިނެއްގެ މަގާމު ވަރުގަދަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
169 ދުވަސް ކުރިން - 16 މާޗް 2026 15:06
ކަސެމީރޯ އޭނާގެ ގޯލަށްފަހު އުފާފާޅުކުރަނީ. / ފޮޓޯ: ޔުނައިޓެޑް
ކަސެމީރޯ އޭނާގެ ގޯލަށްފަހު އުފާފާޅުކުރަނީ. / ފޮޓޯ: ޔުނައިޓެޑް
ޚުލާސާ

މިއީ ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު 9 މެޗުގެ ތެރެއިން ހޯދި ހަތްވަނަ މޮޅު.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މުހިންމު މެޗުން އެސްޓަން ވިލާ 3-1 އިން ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ކުރަމުންދާ މަސައްކަތުގައި މުހިންމު ކުރިއެރުމެއް ހޯދައިފި އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ވަނީ ޔުނައިޓެޑަށް ކުރިހޯދައިދީފަ އެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ކަސެމީރޯ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ރޮސް ބާކްލީ ވަނީ ލަނޑެއް ޖަހައި ވިލާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް އަލުން ހޯދީ 71 ވަނަ މިނެޓުގައި މަތެއަސް ކޫންހާ ޖެހި ލަނޑުންނެވެ. އަދި މެޗު ނިމެން 9 މިނެޓަށް ވެފައި ވަނިކޮށް ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފަ އެވެ.

Advertisement

Advertisement 1

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ތިންވަނައިގައި ވިލާއަށްވުރެ ތިން ޕޮއިންޓް ކުރީގަ އެވެ. މިއީ ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު 9 މެޗުގެ ތެރެއިން ހޯދި ހަތްވަނަ މޮޅެވެ. ރޫބެން އަމޯރިމް މަގާމުން ވަކިކުރުމަށްފަހު ކެރިކްގެ އިރުޝާދު ދަށުން ދައްކަމުންދާ މޮޅު ކުޅުމަށް ޔުނައިޓެޑްގެ ކޯ-އޯނަރު ޖިމް ރެޓްކްލިފް ވަނީ ތައުރީފު ކުރައްވާފަ އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ ދެ އެސިސްޓް ހަދައި، ކްލަބުގެ ރެކޯޑެއް މުގުރާލާފަ އެވެ. އޭނާ ވަނީ މި ސީޒަނުގައި 16 އެސިސްޓް ހަމަކޮށް، 1999-2000 ވަނަ އަހަރުގެ ސީޒަނުގައި ޑޭވިޑް ބެކަމް ހަދާފައިވާ 15 އެސިސްޓްގެ ރެކޯޑް ފަހަނައަޅައި ގޮސްފަ އެވެ.

ލީގުގެ އެހެން މެޗުތަކަށް ބަލާއިރު، ނޮޓިންހަމް ފޮރެސްޓާއި ފުލަމް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެސްޓަން ވިލާއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

2 ދުވަސް ކުރިން - 22:27

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

50 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

93 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

94 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

99 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

99 ދުވަސް ކުރިން - 12:14