ޚޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތައިލެންޑުގެ ބޯޓަކަށް ޙަމަލާ ދީފިއެވެ. ޙަމަލާ ދީފައި ވަނީ ތައިލެންޑުގެ ދިދަ ޖަހާފައިވާ ކާގޯ ބޯޓު މަޔޫރީ ނަރީ އަށެވެ. މި ޙަމަލާ އާއި ގުޅިގެން އެއިން ދަތުރުކުރި 23 މީހުންގެ ތެރެއިން 3 ފަޅުވެރިން ވަނީ މަރުވެފައެވެ.
ދުނިޔޭގެ އެންމެ މުހިންމު އެއް ޝިޕިން ރޫޓް ކަމަށްވާ މި ކަނޑުއޮޅިން އިސްރާއީލާއި އެމެރިކާ އާއި ގުޅުން ހުރި އެއްވެސް އުޅަނދަކަށް ދަތުރު ނުކުރެވޭނެ ކަމަށް ބުނެ އީރާނުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ވަނީ އިންޒާރު ދީފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ތައިލެންޑްގެ ދިދަ ޖަހާފައިވާ އެ ބޯޓަށް ދިން ޙަމަލާގައި އަލިފާން ރޯވެ އޭގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ޚޮރްމޫޒް އަކީ ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ސަޕްލައި ކުރާ ކަނޑުއޮޅި އެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ ގާތްގަނޑަކަށް 20 ޕަސެންޓް ތެލެވެ.










