Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަމާލްގެ ލަނޑުން މޮޅުވެ، ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ދަމަހައްޓައިފި

ޔަމާލްގެ ލަނޑުން މޮޅުވެ، ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ދަމަހައްޓައިފި

އައިޝަތު ރުވާ ރިފްޢަތު
140 ދުވަސް ކުރިން - 8 މާޗް 2026 12:54
ޔަމާލް މެޗަށްފަހު އުފާފާޅުކުރަނީ---
ޔަމާލް މެޗަށްފަހު އުފާފާޅުކުރަނީ---
ޚުލާސާ

މިއީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޔަމާލް ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. އަދި ލަލީގާގައި އޭނާ ޖެހި 13 ވަނަ ލަނޑު.

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ޒުވާން ތަރި ލަމީން ޔަމާލް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު، އެތުލެޓިކް ކްލަބުގެ މައްޗަށް 1-0 އިން ކުރިހޯދައި ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް އަލުން ގާއިމުކޮށްފި އެވެ.

އެތުލެޓިކް ކްލަބުގެ ދަނޑު، ސަން މާމޭސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކުން ވަނީ ބާސެލޯނާ ހިފަހައްޓައި، މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ 68 ވަނަ މިނެޓުގައެވެ. ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން، އުމުރުން 18 އަހަރުގެ ޔަމާލް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ބާސެލޯނާއަށް ކުރިހޯދައިދީފަ އެވެ.

މިއީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޔަމާލް ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. އަދި ލަލީގާގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ. ހޮނިހިރު ދުވަހުގެރޭ ސެލްޓަ ވިގޯ އަތުން ރިއާލް މެޑްރިޑް މޮޅުވެ، ބާސެލޯނާއާ ވިއްދާލާފައި އޮތް ނަމަވެސް، މި މޮޅާއެކު ބާސެލޯނާ އިން ވަނީ އަލުން ފަރަގު ބޮޑުކޮށްފަ އެވެ.

Advertisement

Advertisement 1

ބާސެލޯނާ ދެން އެންމެ އަވަހަށް ނުކުންނާނީ އަންގާރަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗަށެވެ. އިނގިރޭސިވިލާތުގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅޭ މި މެޗުގައި ބާސެލޯނާ ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.

ލަލީގާގެ އެހެން މެޗުތަކަށް ބަލާއިރު، އެތުލެޓިކޯ މެޑްރިޑުން ވަނީ ވަންޑާ މެޓްރޯޕޮލިޓާނޯގައި ރިއާލް ސޮސިއެޑާޑްގެ މައްޗަށް 3-2 އިން ކުރިހޯދާފަ އެވެ. މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކޮލަސް ގޮންޒާލޭޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ ކުރީކޮޅު އެލެގްޒެންޑާ ސޮރްލޮތް އާއި ކާލޮސް ސޮލާ ލަނޑުތައް ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައި ގޮންޒާލޭޒް އާއި މިކޭލް އޮޔާޒަބަލް ލަނޑު ޖެހީ އެއް މިނެޓުގެ ތަފާތުންނެވެ. އެތުލެޓިކޯ މޮޅުވި ލަނޑު ގޮންޒާލޭޒް ޖެހީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ބޮލުންނެވެ.

ޑިއޭގޯ ސިމިއޯނީގެ އެތުލެޓިކޯ މެޑްރިޑުން އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނާނެ އެވެ.

ބާސެލޯނާސްޕެނިޝް ލަލީގާއެތްލެޓިކް ކުލަބް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބާސެލޯނާއިން 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރީގައި

91 ދުވަސް ކުރިން - 23:44

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

94 ދުވަސް ކުރިން - 08:43

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހި، އަނެއްކާވެސް ހިތްދަތި ނިމުމެއް

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހިއްޖެ

102 ދުވަސް ކުރިން - 10:57

ދެ މެޑްރިޑްގެ ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފި

ދެ މެޑްރިޑްގެ ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފި

124 ދުވަސް ކުރިން - 15:21

ރަޔޯ ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

125 ދުވަސް ކުރިން - 00:11

ބާސެލޯނާއިން ނިއުކާސަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

129 ދުވަސް ކުރިން - 05:27