Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާމޫޝްގެ ދެ ލަނޑާއެކު ސިޓީން ނިއުކާސަލް ބަލިކޮށް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް

މާމޫޝްގެ ދެ ލަނޑާއެކު ސިޓީން ނިއުކާސަލް ބަލިކޮށް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް

އައިޝަތު ރުވާ ރިފްޢަތު
185 ދުވަސް ކުރިން - 8 މާޗް 2026 12:53
މިއީ ނިއުކާސަލް ކޮޅަށް މި ސީޒަނުގައި އުމަރު މަރުމޫޝް އެއްމެޗެއްގައި ދެ ގޯލު ޖެހި ދެވަނަ މެޗު---
މިއީ ނިއުކާސަލް ކޮޅަށް މި ސީޒަނުގައި އުމަރު މަރުމޫޝް އެއްމެޗެއްގައި ދެ ގޯލު ޖެހި ދެވަނަ މެޗު---
ޚުލާސާ

ސިޓީން މި މެޗަށް ނުކުތީ ފުރަތަމަ އެގާރައަށް 10 ބަދަލެއް ގެނެސްގެން ނަމަވެސް، އެޓީމުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފަ.

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް 3-1 އިން ބަލިކޮށް، މެންޗެސްޓަރ ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރި ފަސްވަނަ މެޗުގައި، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެޑީ ހޯވްގެ ނިއުކާސަލްގެ މައްޗަށް ހަތަރުވަނަ ފަހަރަށް ކުރިހޯދާފަ އެވެ. ސިޓީން މި މެޗަށް ނުކުތީ ފުރަތަމަ އެގާރައަށް 10 ބަދަލެއް ގެނެސްގެން ނަމަވެސް، އެޓީމުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ.

މެޗު ފެށިގެން ނިއުކާސަލްއިން ވަނީ ވަރުގަދަ އެޓޭކްތަކެއް ކޮށްފައެވެ. އެގޮތުން ސަންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތަކުން ހާވީ ބާންސް ވަނީ ލަނޑެއް ޖަހައި ނިއުކާސަލްއަށް ކުރިހޯދައިދީފަ އެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު 13 މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ. ނަމަވެސް ސިޓީން ވަނީ ހިތްވަރު ދޫނުކޮށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ސަވީނިއޯ އެވެ.

Advertisement

Advertisement 1

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، އޮމަރު މާމޫޝް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ސިޓީގެ މޮޅު ކަށަވަރުކޮށްދީފަ އެވެ. މި ލަނޑާއެކު ބެންޗުގައި ހުރި ގާޑިއޯލާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން ސިޓީއަށް ކުރިމަތިވި ފާޑުކިޔުންތަކަށް މިއީ ދިން ވަރުގަދަ ރައްދެކެވެ. ސިޓީން އަދިވެސް އަންނަނީ މި ސީޒަނުގެ ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި މަސައްކަތް ކުރަމުންނެވެ.

މި ނަތީޖާއާއެކު ނިއުކާސަލް ވަނީ މި ސީޒަނުގެ ދެވަނަ ކަޕް މުބާރާތުން ސިޓީ އަތުން ބަލިވެ ކަޓާފަ އެވެ. މީގެ ކުރިން ކަރަބާއޯ ކަޕުންވެސް އެޓީމު ކެޓީ ސިޓީ އަތުންނެވެ. ނިއުކާސަލް ދެން ނުކުންނާނީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށެވެ. ސިޓީ ބުދަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ސިޓީއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ހޯމަ ދުވަހުގެ ރޭ ބާއްވާ ގުރުއަތުލުމަށްފަހު އެވެ.

އެފްއޭ ކަޕްނިއުކާސަލްމެންޗެސްޓަރ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

9 ގަޑިއިރު ކުރިން - 09:54

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

71 ދުވަސް ކުރިން - 23:04

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

107 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

107 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

109 ދުވަސް ކުރިން - 23:13