Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި ފަށައިފި

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި ފަށައިފި

ހައްވާ މިރުފާ
95 ދުވަސް ކުރިން - 8 މާޗް 2026 14:00
އައިޖީއެމްއެޗް ހޮސްޕިޓަލް--- ފޮޓޯ: ޚުލާސާ
އައިޖީއެމްއެޗް ހޮސްޕިޓަލް--- ފޮޓޯ: ޚުލާސާ
ޚުލާސާ

ސާޖަރީތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިންގެ ހިދުމަތް އައިޖީއެމްއެޗުން ލިބޭނެ،ނާރަކަށް ގެއްލުންވާ ނަމަ އެވަސީލަތް ޑޮކްޓަރުންގެ ސަމާލުކަމަށް އެކަން ގެނައުމަށް އެލާމް އަޅާނެ

ނިއުރޯ ސާޖަރީތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ގެ ހިދުމަތް އައިޖީއެމްއެޗްގައި އިއްޔެ ފަށައިފި އެވެ.

މި އާ ހިދުމަތާ ގުޅޭގޮތުން އައިޖީއެމްއެޗުން އާންމުކުރި ވީޑިއޯއެއްގައި، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފު ވިދާޅުވީ، އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިންއަކީ ސާޖަރީގެ ތެރޭގައި ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

Advertisement

Advertisement 1

ޑރ. ނިޔާފު ވިދާޅުވި ގޮތުގައި، މި ވަސީލަތުގެ ސަބަބުން ސާޖަރީ ހަދަމުންދާ ވަގުތު ނާރުތަކުގެ މަސައްކަތްތައް ޑޮކްޓަރުންނަށް ވަގުތުން ފެންނަމުންދާނެއެވެ. މީގެ ސަބަބުން ނާރަކަށް އެއްވެސް ކަހަލަ ގެއްލުމެއް ވާނަމަ، އެކަން ދެނެގަނެ ސަމާލުވުމުގެ ފުރުސަތު ޑޮކްޓަރުންނަށް ލިބިޭނެ ކަމަށެވެ.އަދި ސާޖަރީ ހަދާ ސަރަހައްދުގެ ބޭރުން އެހެން ނާރަކާ ހިސާބަށް ދެވޭނަމަ، މި މޮނީޓަރުން ޑޮކްޓަރުންނަށް "އެލާމް" ކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖޭގައި އެންމެ އާންމުކޮށް ކުރާ ކަނދުރާ އާއި މައިބަދައިގެ ޑިސްކު ސާޖަރީތަކުގައި މި ހިދުމަތުގެ ބޭނުންތެރިކަން ބޮޑެވެ. ޑރ. ނިޔާފު ވިދާޅުވި ގޮތުގައި މައިބަދައިގެ އޮޕަރޭޝަންތަކުގައި އިސްކުރު ޖަހާއިރު، އެ އިސްކުރުގެ ސަބަބުން ނާރަކަށް ފިތުން ފަދަ ކަމެއް ދިމާވާނަމަ މި ވަސީލަތާއެކު އެކަން ވަގުތުން ފާހަގަވާނެއެވެ.

"އޭގެ ނަތީޖާއަކަށް ވާނީ ބަލިމީހާ އޮޕަރޭޝަންގެ ތެރޭގައި ދިމާވެދާނެ ނޭދެވޭ ކަންކަން މަދުކުރެވުން،" ޑރ. ނިޔާފު ވިދާޅުވިއެވެ.

މި ސިސްޓަމް ބޭނުންކުރަން ފެށުމަކީ ރާއްޖޭގައި ނިއުރޯ ސާޖަރީ ހަދާއިރު ކުރިމަތިވާ ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އައިޖީއެމްއެޗުން ދެކެއެވެ. މި އާ ހިދުމަތާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް، ހާއްސަކޮށް ނިއުރޯ ސާޖަރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ސިއްހީ ދާއިރާއައިޖީއެމްއެޗް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

17 ދުވަސް ކުރިން - 10:58

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް!

18 ދުވަސް ކުރިން - 23:08

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޖީއެމްއެޗްގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

22 ދުވަސް ކުރިން - 13:35

ބާލީހަށް ކުޅުދިޔުމަކީ ސިއްހީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

ބާލީހަށް ކުޅުދިޔުމަކީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

46 ދުވަސް ކުރިން - 20:58

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު: މެޑަމް ސާޖިދާ

"ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު"

65 ދުވަސް ކުރިން - 13:18

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

65 ދުވަސް ކުރިން - 12:56