Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގަތަރުން އެލް.އެން.ޖީ އުފެއްދުން މެދުކަނޑާލުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިއްޖެ

ގަތަރުން އެލް.އެން.ޖީ އުފެއްދުން މެދުކަނޑާލުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިއްޖެ

އައިޝަތު ރުވާ ރިފްޢަތު
100 ދުވަސް ކުރިން - 2 މާޗް 2026 20:18
ގަތަރު އެނާޖީގެ އޮފީސް. / ފޮޓޯ: ގަތަރު އެނާޖީ
ގަތަރު އެނާޖީގެ އޮފީސް. / ފޮޓޯ: ގަތަރު އެނާޖީ
ޚުލާސާ

ހަމަލާތަކުން ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އަލުން މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އަދި ކަނޑައެޅިފައިނުވާ ކަމަށް އެ ކުންފުނިން ބުނޭ.

ގަތަރުގެ ހަކަތައާ ބެހޭ މައި ކުންފުނި، "ގަތަރު އެނާޖީ" އިން އެ ގައުމުގައި އުފައްދާ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އާއި އެއާ ގުޅުންހުރި އުފެއްދުންތައް އުފެއްދުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.

މި ނިންމުން ނިންމަން ޖެހުނީ ގަތަރުގެ ރައުސް ލައްފާން އިންޑަސްޓްރިއަލް ސިޓީއާއި މެސައީދު އިންޑަސްޓްރިއަލް ސިޓީގައި ހުންނަ އެ ކުންފުނީގެ މަރުކަޒުތަކަށް ދިން އަސްކަރީ ހަމަލާތަކަކާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ސަބަބުން އުފެއްދުންތެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

Advertisement

Advertisement 1

ގަތަރު އެނާޖީން ބުނެފައިވަނީ އެ ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށާއި، މި ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ. ނަމަވެސް، ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އަލުން މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެ އެވެ.

ދުނިޔޭގެ އެލް.އެން.ޖީ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރަނީ ގަތަރުންނެވެ. މި ކުންފުނިން އުފެއްދުންތައް ހުއްޓާލުމާއެކު، މިއަދު ޔޫރަޕުގެ ގޭހުގެ އަގު ވަނީ 45 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ 13 އިންސައްތައަށްވުރެ މަތިވެފަ އެވެ.

ގަތަރުގެ އެލް.އެން.ޖީގެ 82 އިންސައްތަ ބޭނުންކުރާ އޭޝިއާގެ ގައުމުތަކަށާއި ޔޫރަޕަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. ހަކަތައިގެ އަގު އުފުލުމުގެ އިތުރުން، ހީލިއަމް ގޭހުގެ ބާޒާރަށްވެސް މިކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެއްޖެނަމަ، މިއަށްވުރެ ބޮޑެތި އިގްތިސާދީ ލޮޅުންތަކެއް ދުނިޔެއަށް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.

ގަތަރުއީރާން ކްރައިސިސް 2026ގަތަރު އެނާޖީތެލުގެ ބާޒާރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

20 ގަޑިއިރު ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

22 ގަޑިއިރު ކުރިން - 11:26

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

2 ދުވަސް ކުރިން - 12:57

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

3 ދުވަސް ކުރިން - 02:57

އެމެރިކާގެ ހެލިކޮޕްޓަރެއް އީރާނުން ފުނޑާލައިފި

އެމެރިކާގެ ހެލިކޮޕްޓަރެއް އީރާނުން ފުނޑާލައިފި

7 ދުވަސް ކުރިން - 22:25