ހޮރްމޫޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި އުޅަނދަކަށް އީރާނުން ހަމަލާދީފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 1 މާރިޗް 2026 17:23
އުޅަނދަށް ހަމަލާ ދީފައިވާ ސަރަހައްދު---
އުޅަނދަށް ހަމަލާ ދީފައިވާ ސަރަހައްދު---
ޚުލާސާ

މިއީ މިސަރަހައްދުގައި މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރު. މި ހަމަލާ ދީފައިވަނީ އީރާނުން ކަމަށް އީރާނުގެ ބައެއް މަސްދަރުތަކުން ވަނީ ހާމަކޮށްފައި.

އޮމާންގެ އުތުރުން އަދި ހޮރްމޫޒް ކަނޑުއޮޅީގެ އިރުމަތިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ އުޅަނދަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާދީފި ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ހާމަކޮށްފި އެވެ.

ޔޫ.ކޭ.އެމް.ޓީ.އޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާ އަމާޒުވެފައިވަނީ އުޅަނދުގެ ފެންމަތީގައިވާ ބަޔަކަށް ކަމަށެވެ. މި ހަމަލާއާ ގުޅިގެން އުޅަނދުގެ އިންޖީނު ރޫމުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓްތައް ކުރިން ލިބުނު ނަމަވެސް، މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

Ad

އެކްސްގައި ޔޫ.ކޭ.އެމް.ޓީ.އޯ އިން އާންމުކުރި މި ހަބަރުގައިވާ ގޮތުން، މި ހާދިސާ ހިނގި ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ މިއަދުގެ ވަގުތެއްގައި ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުން މިފަދަ ހާދިސާއެއް ހިނގައިގެން ރިޕޯޓްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އޮމާންގެ ކުމްޒާރު ސަރަހައްދުންވެސް މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާ ކަމަށް އެ އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހަމަލާ ދީފައިވަނީ އީރާނުން ކަމަށް އީރާނުގެ ބައެއް މަސްދަރުތަކުން ވަނީ ހާމަކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%