މެކްސިކޯގެ ހަމަނުޖެހުން: 75 މީހުން މަރާލައިފި

ހުސައިން އިސްމާއިލް | 1 ގަޑިއިރު ކުރިން - 25 ފެބްރުއަރީ 2026 01:38
މެކްސިކޯގެ ހަމަނުޖެހުންތަކުގައި ބަހެއްގައި ރޯކޮށްލާފައި.
މެކްސިކޯގެ ހަމަނުޖެހުންތަކުގައި ބަހެއްގައި ރޯކޮށްލާފައި.
ޚުލާސާ

މެކްސިކޯގެ ހަމަނުޖެހުންތައް މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި

މެކްސިކޯގެ ޑްރަގު ޑީލަރު އެލްމެންޗޯ (އަސްލު ނަން: ނެމެސިއޯ ރޫބެން އޮސެގުއެރާ ސެރްވަންޓެސް) ހައްޔަރު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނުގައި އޭނާ މަރުވުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 75 މީހުން މަރުވެއްޖެއެވެ.

Ad

އެލް މެންޗޯ މަރުވީ މި މަހުގެ 22 ވަނަ ދުވަހުގައެވެ. އެއާއި އެކު ގޭންގުތަކުން މެކްސިކޯގެ 20 ސްޓޭޓެއްގައި ހަމަނުޖެހުން ހިންގައި ބޮޑެތި މަގުތަކާއި ހައިވޭތައް ބަންދުކޮށް އުޅަނދުތަކާއި ފިހާރަތަކުގައި ރޯކޮށް، ބައެއް ސިޓީތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ތަންތަނަށް ޙަމަލާދީ ޕެޓްރޯލް ޝެޑުތަކުގައި ވެސް ރޯކޮށްލާފައި ވެއެވެ.

މި ހާދިސާތަކަށް ފަހު މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި 75 މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 25 މީހުންނާއި ގޭންގުތަކުގެ 30 މީހުން ހިމެނއެވެ. ދެން މަރުވީ ޢާންމުންނެވެ. އެއީ ގޭންގުތަކުން ދިން ޙަމަލާ ތަކުގައެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%