Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4 ލައްކައަށް ވުރެ މައްޗަށް

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4 ލައްކައަށް ވުރެ މައްޗަށް

މުހައްމަދު ޖަމްޝަތު
187 ދުވަސް ކުރިން - 23 ފެބްރުއަރީ 2026 12:51
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރިސޯޓަކަށް ފުރަނީ---ފޮޓޯ: ޚުލާސާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރިސޯޓަކަށް ފުރަނީ---ފޮޓޯ: ޚުލާސާ
ޚުލާސާ

- ފެބްރުއަރީ 21 ވަނަ ދުވަހުގެ ނިޔަލަށް 418,034 ފަތުރުވެރިން ޒިޔާރަތްކުރި - ސަރުކާރުގެ މި އަހަރުގެ އަމާޒަކީ ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 418,034 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 381,870 ފަތުރުވެރިންނާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދުކުރާ ތަންތަނުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެގޮތުން 283,272 ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، 111,390 ފަތުރުވެރިން ވަނީ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށްފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން ހޮޓެލްތަކަށް 12,021 ފަތުރުވެރިން އަދި ސަފާރީ ނުވަތަ ޓޫރިސްޓު ވެސަލްތަކުގައި 8,473 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. އަދި ކްރޫޒް ލައިނާތައް ހިމެނޭގޮތަށް އެހެނިހެން ތަންތަނަށް 2,878 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ލިސްޓުގެ ހިމެނޭ ގައުމުތަކަކީ:

  1. ޗައިނާ: 67,185 ފަތުރުވެރިން
  2. ރަޝިޔާ: 46,636 ފަތުރުވެރިން
  3. އިޓަލީ: 40,345 ފަތުރުވެރިން
  4. އިނގިރޭސިވިލާތް: 38,162 ފަތުރުވެރިން
  5. ޖަރުމަނުވިލާތް: 24,980 ފަތުރުވެރިން
  6. އިންޑިއާ އަދި ފްރާންސް: ކޮންމެ ގައުމަކުން 14,770 ފަތުރުވެރިން

ސަރުކާރުގެ މި އަހަރުގެ އަމާޒަކީ ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިހާރު ފެންނަމުންދާ ކުރިއެރުމާއެކު މި އަމާޒަށް ވާސިލްވުމަށް އުންމީދު ބޮޑެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

1 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

3 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

4 ދުވަސް ކުރިން - 14:38

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

5 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

7 ދުވަސް ކުރިން - 21:15

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

10 ދުވަސް ކުރިން - 10:06