ވައުދުވި ގޮތަށް ބޮޑެތި މިސްކިތްތައް އޭސީކޮށް ނިންމާލައިފި

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 22:59
ވިޔަފާރިވެރިންގެ މިސްކިތް. / ފޮޓޯ: ޚުލާސާ
ވިޔަފާރިވެރިންގެ މިސްކިތް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި މަޝްރޫއުގެ ދަށުން އޭސީކޮށް ނިންމާފައިވާ މިސްކިތްތަކަކީ؛ މަސްޖިދުލް ފުރުގާން، މަސްޖިދުލް ޖަލާލުއްދީން، ވިޔަފާރިވެރިންގެ މިސްކިތް، އަދި ހުޅުމާލެ މަސްޖިދު އުމަރު ބިން ހައްތާބު.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މާލެ ސަރަހައްދުގެ ބޮޑެތި މިސްކިތްތައް އޭސީކުރުމުގެ މަޝްރޫއު ނިންމަވައި، ބޭނުންކުރަން ފަށައިފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ބައި، މިއަހަރުގެ ރޯދަ މަސް ފެށުމުގެ ކުރީން އޭސީކޮށް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރައީސްގެ ވަައުދުފުޅާ އެއްގޮތަށް މިސްކިތްތައް އޭސީ ކުރުމަށް ސަރުކާރުން ފެށްޓެވި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ހުރި ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީކޮށް ނިންމައި، ރެއިން ފެށިގެން އެތަންތަން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އޭސީކޮށް ނިންމާފައިވާ މިސްކިތްތަކަކީ:

• މަސްޖިދުލް ފުރުގާން

• މަސްޖިދުލް ޖަލާލުއްދީން

• ވިޔަފާރިވެރިންގެ މިސްކިތް

• ހުޅުމާލެ މަސްޖިދު އުމަރު ބިން ހައްތާބު

މި މަސައްކަތަކީ ރަމަޟާން މަހު މިސްކިތްތަކަށް ނަމާދަށްދާ ފަރާތްތަކަށް އަރާމު ފިނި މާހައުލެއްގައި އަޅުކަންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%