Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް: މައުމޫން

މުހައްމަދު ޖަމްޝަތު
244 ދުވަސް ކުރިން - 17 ފެބްރުއަރީ 2026 13:55
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް. އެމަނިކުފާނު ވިދާޅުވީ މާދަމާ ވާނީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ކަމަށް---
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް. އެމަނިކުފާނު ވިދާޅުވީ މާދަމާ ވާނީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ކަމަށް---
ޚުލާސާ

ފަލަކީ ހިސާބުތަކަށް ބަލާއިރު މިރޭ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް މައުމޫން ވިދާޅުވޭ

މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ނުވަތަ މުލަ ރޯދަ ދުވަހަށް ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކަށް ބަލާއިރު މިރޭ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކާތީ، މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. މި މުނާސަބަތުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ.

ރާއްޖޭގެ ކަލަންޑަރުގައި ވެސް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ދައްކާއިރު، ފަލަކީ ހިސާބުތަކުން އެނގޭ ގޮތުގައި މިއަދު އިރު އޮއްސޭއިރު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއަށް މިނެޓަކަށް ވުރެ ކުޑަ ވަގުތުކޮޅަކަށް ހަނދު ފެންމަތީގައި ހުންނާނެ އެވެ. މީގެ އިތުރުން ސައޫދީ އަރަބިއްޔާއަށް ވެސް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކަ އެވެ.

Advertisement

Advertisement 1

ފަލަކީ މާހިރުން ފާހަގަކުރާ ގޮތުގައި، އިރާއި ހަނދު ހުރި މިސްރާބުގެ ގޮތުންނާއި އިރުގެ ދޯދިތައް ހުރި ގޮތުން ހަމަލޮލަށް ހަނދު ފެނުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، ރާއްޖޭގައި އަމަލުކުރާ އުސޫލަކީ ހަމަލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް، އިރު އޮއްސޭއިރު އާ މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ކަށަވަރުވާ ނަމަ މަސް ސާބިތު ކުރުމެވެ.

މިއަދު އިރާއި ހަނދު އޮލަނބުކޮށް ދަތުރުކުރަމުންދާއިރު، ދުނިޔޭގެ ބައެއް ހިސާބުތަކަށް މިއަދު އިރުކޭތައެއް ހިފާނެ ކަމަށް ވެސް ފަލަކީ ހިސާބުތަކުން ދައްކައެވެ. ބައެއް ގައުމުތަކުން ރަމަޟާން މަސް ފެށޭނީ މި މަހުގެ 19 ވާ އަންގާރަ ދުވަހު ކަމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.

ރޯދަމަސް 2026ރައީސް މައުމޫން އަބްދުލް ގައްޔޫމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް "މަސްޖިދުނާ" އިނީޝިއޭޓިވް އިފްތިތާހުކޮށްފި

މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް "މަސްޖިދުނާ" އިނީޝިއޭޓިވް އިފްތިތާހުކޮށްފި

4 ދުވަސް ކުރިން - 13:20

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

134 ދުވަސް ކުރިން - 10:48

ރިޕޯޓު: ވެރިކަމުގެ ދަހިވެތިކަމުގައި ހަތުރުން މިތުރުންނަށް ހަދައިފި

ރިޕޯޓު: ވެރިކަމުގެ ދަހިވެތިކަމުގައި ހަތުރުން މިތުރުންނަށް ހަދައިފި

206 ދުވަސް ކުރިން - 17:58

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

214 ދުވަސް ކުރިން - 14:39

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

216 ދުވަސް ކުރިން - 13:27

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

222 ދުވަސް ކުރިން - 14:18