Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެދެވިގެންވާ ޚިދުމަތް ނުދެވޭތީ ކްރޫޒް ޝިޕް ތައް ރާއްޖެ އައުން ހުއްޓިދާނެ: އިންޑަސްޓްރީ

އެދެވިގެންވާ ޚިދުމަތް ނުދެވޭތީ ކްރޫޒް ޝިޕް ތައް ރާއްޖެ އައުން ހުއްޓިދާނެ: އިންޑަސްޓްރީ

ހުސައިން އިސްމާއިލް
196 ދުވަސް ކުރިން - 14 ފެބްރުއަރީ 2026 08:51
މީގެ ކުރިން ރާއްޖެ އައި ކްރޫޒް ޝިޕެއް: އެކަށިގެންވާ ޓާމިނަލެއް ނެތުމުން އޮޕަރޭޓަރުން ދަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުން.
މީގެ ކުރިން ރާއްޖެ އައި ކްރޫޒް ޝިޕެއް: އެކަށިގެންވާ ޓާމިނަލެއް ނެތުމުން އޮޕަރޭޓަރުން ދަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުން.
ޚުލާސާ

ކްރޫޒް ޝިޕްތަކުން އެއްނަމްބަރު ފާލަމަށް ކައިރިކުރިޔަސް 240000 ދައްކަން ޖެހޭ، ބޯޓު އޮންނާތީވެސް ފީ ދައްކަން ޖެހޭ. އެކަމަކު ފާޚާނާ ކޮށްލާނެ ތަނެއްވެސް ނެތް، ޓާމިނަލެއްވެސް ނެތް.

ފަހަކަށް އައިސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދާ ނަމަވެސް، މި އަހަރުގެ މިހާތަނަށް ބައިނަލްއަޤްވާމީ ކްރޫޒް ލައިނަރުތަކުގައި އައިސްފައި ވަނީ އެންމެ 1،056 ކްރޫޒް ޓޫރިސްޓުން ކަމަށާއި، ރާއްޖެ އަށް ކްރޫޒް ލައިނާތަކުގައި އަންނަ ޓޫރިސްޓުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ ޚިދުމަތް ނުދެވުން ކަމަށް ދާއިރާގެ އޮޕަރޭޓަރުން ބުނެފިއެވެ.

މިއަހަރުގެ ކުރީކޮޅު މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނި ގޮތުގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާއިރު، ޖެނުއަރީ މަހުގެ ނިޔަލަށް 143،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައެވެ. އެއީ މިދިޔަ އަހަރަށްވުރެ 8.3 އިންސައިތައިގެ އިތުރުވުމެކެވެ.

އެހެންނަމަވެސް އިންޑަސްޓްރީ އޮޕަރޭޓަރުން ބުނާ ގޮތުގައި ކްރޫޒްލައިނާތަކަށް އެކަށީގެންވާ ބަނދަރެއް ނެތް ތަނުގައި މާލެއަށް ފައިބާ ފަތުރުވެރިން ފާޚާނާ ކޮށްލަން ބަލާއިރު، “އެ ތަންތަނުން ދުވާ ނުބައި ވަހުން ޓޫރިސްޓުންނަކަށް ނުކެރޭ ވަންނާކަށް.. އެހާ މުޑުދާރު… އެކަމަކު ފުލައިޓެއް އަންނަންޏާ މިނިސްޓްރީ އިން ވަރަށް ފޯރި ހުންނާނެ… އިވެންޓުތައް ބާއްވައި ސީދާ އެއާޕޯޓަށް ޓޫރިސްޓުން ރިސީވް ކުރަން މިނިސްޓަރު ވެސް އެބަ ވަޑައިގަނޭ.. އެކަމަކު ކްރޫޒް ޝިޕެއް މާލެ އަށް ބަނދަރު ކުރާއިރު މިނިސްޓްރީގެ ފަރާތުން މި މަންޒަރެއް ނުފެނޭ… މިވަރުން ދާނަމަ މިކަން ހުއްޓޭނެ. މިހާރު ވެސް ބައްލަވާލައްވާ ތަފާސްހިސާބު. 2017 އިން ފެށިގެން އައިސްފައިވާ މީހުންގެ ޢަދަދުތައް…”

Advertisement

Advertisement 1

ކްރޫޒް ޓޫރިސްޓް އެރައިވަލްސް (2017–2024)

  1. 2017: 320،000 ކްރޫޒް ޓޫރިސްޓުން
  2. 2018: 380،000 ކްރޫޒް ޓޫރިސްޓުން
  3. 2019: 450،000 ކްރޫޒް ޓޫރިސްޓުން
  4. 2020: 120،000 ކްރޫޒް ޓޫރިސްޓުން (ކޮވިޑް-19ގެ އަސަރުތައް)
  5. 2021: 0 ކްރޫޒް ޓޫރިސްޓުން (ކްރޫޒް އެރައިވަލްސް ސުމެއް)
  6. 2022: 40،000 ކްރޫޒް ޓޫރިސްޓުން
  7. 2023: 220،000 ކްރޫޒް ޓޫރިސްޓުން
  8. 2024: 300،000 ކްރޫޒް ޓޫރިސްޓުން

އޭނާ ވިދާޅުވީ ކްރޫޒް ޝިޕުން މާލެއަށް ފައިބާން ވެސް މި ޖެހެނީ ނުލާހިކު ދަތިކޮށް ކަމަށާއި މިއީ ސީދާ މާލޭގައި ބަނދަރު ކުރަން ބޭނުންވާ ކްރޫޒް ލައިނަރުންނަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވީ ކްރޫޒްޝިޕްތަކުގައި ޓުރިސްޓުން ރާއްޖެ އަންނަން ޖެހޭ ހާއްސަ ކަމެއް މިހާރަކު ނެތް ކަމަށާއި، ރާއްޖޭގެ ޙާލަތު އޮތީ މީގެ 51 އަހަރު ކުރިން ޔޫކޭގެ ކިއުނާޑް ލައިން ކުންފުނީގެ ކްރޫޒް ޝިޕެއް ކަމަށްވާ “ފްރާންކޯނިއާ” ރާއްޖޭގައި ބަނދަރުކުރި އިރު ޚިދުމަތް ދިން ފެންވަރަށް ވުރެ ދަށް ފެންވަރެއްގައި ކަމަށެވެ. “އޭރު ނުނަގާ މިހާރަކު މި ނަގާ ފީތަކެއް… އޭރުގަ ރައްޔިތުން ތިބޭ މަރްޙަބާ ކިޔަން ބަނދަރުމައްޗަށް ނުކުމެ. މިހާރަކު ނެތް މިއިން ކަމެއްވެސް.. މިކަމުގެ ފައިދާ މި ނަގަނީ ލަންކާ އާއި އިންޑިއާ އަދި ސީޝެލްސް ފަދަ ތަންތަނުން”.

އިންޑަސްޓްރީގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި ކްރޫޒް ޝިޕެއް އިންޑިއާ އަށް ނުވަތަ ލަންކާ އަށް މިހާރު ވެސް ކައިރިކުރާ ނަމަ އެމީހުންނަށް ހީވަނީ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. އެހާވެސް ޚިދުމަތް ރަނގަޅެވެ.

ނަމަވެސް ރާއްޖެ އަންނަ ކްރޫޒް ޝިޕްތަކުން ޓުރިސްޓުން ފައިބާ އެއްނަމްބަރު ފާލަމަށް ކައިރިކުރިޔަސް 240000 އެމްޓީސީސީ އަށް ދައްކަން ޖެހޭ ކަމަށާއި އަދި ބޯޓު އޮންނާތީ ވެސް ފީ ދައްކަން ޖެހޭ ކަމަށާއި، ނަމަވެސް، ފައިބާ ޓޫރިސްޓުން މޫނު ދޮވެލަން ނުވަތަ ފާޚާނާ ކޮށްލާނެ ތަނެއްވެސް ނެތް އިރު، ގްލޯބަލް ކްރޫޒް ޓޫރިޒަމް ކުރިއަރަމުންދާއިރު، މިރާއްޖޭގައި މިކަން ނުކުރެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ރާއްޖެ އަށް އޮތީ ނާކާމިޔާބު ކަމުގައި ވިދާޅުވިއެވެ.

ފަތުރުވެރިކަން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

1 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

3 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

4 ދުވަސް ކުރިން - 14:38

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

6 ދުވަސް ކުރިން - 17:46

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

10 ދުވަސް ކުރިން - 10:06

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

11 ދުވަސް ކުރިން - 19:40